ކ. މާލެ
|
21 ޑިސެންބަރ 2024 | ހޮނިހިރު 12:18
ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވާހަކަދައްކަވަނީ
ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވާހަކަދައްކަވަނީ
އެމްޑީޕީ
ފުލުހުން ސިޔާސީވުން
ފުލުހުން ބޭއްވީ ސިޔާސީ ނޫސްވެރިންގެ ބައްދަލުވުމެއް، އުސޫލުން ބޭރުން ލިޔުމެއް ދީފައިނުވާނެ: އަކްރަމް
ޑޮކިއުމެންޓެއްގެ ސައްހަކަމާމެދު ސުވާލު އުފެދުމުން ފޮރިންސިކް ތަހުލީލެއް ހަދަންޖެހޭ
ކުރީ ސަރުކާރު ބަދުނާމުވާ ގޮތަށް ފުލުހުން ވާހަކަދެއްކީ ރައްޔިތުންނަށް އޮޅުވާލުމަށް
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް އިންނެވީ ސިޔާސީ މައިދާނެއްގައި

އެޗްޑީސީގެ ގޯތީގެ ހިޔާނާތާއި ގުޅިގެން ފުލުހުން ބޭއްވީ ސިޔާސީ ނޫސްވެރިންގެ ބައްދަލުވުމެއް ކަމަށާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެއްވެސް ލިޔުމެއް އުސޫލުން ބޭރުން ދީފައިނުވާނެ ކަމަށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ބޭޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަކްރަމް ވިދާޅުވީ އެޗްޑީސީގެ ގޯތީގެ ވައްކަން ފެންމަތިވުމާއި ގުޅިގެން 19 ޑިސެންބަރު 2024ވީ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ބޭނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަންގެ (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އެކަން ފޮރުވުމަށް ކުރެއްވި ކަމެއް ކަމަށެވެ. މިއީ ސިޔާސީ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ކަމަށް އަކްރަމް ވިދާޅުވިއެވެ.

ކުރީ ސަރުކާރަށް ކޮށްފައިވާ ތުހުމަތުތަކަށް އިޝާރާތް ކުރައްވައި އަކްރަމް ވިދާޅުވީ ޑޮކިއުމެންޓެއްގެ ސައްހަކަމާމެދު ސުވާލު އުފެދުމުން ފޮރިންސިކް ތަހުލީލެއް ހަދަންޖެހޭ ކަމަށެވެ. އަދި އެފަދަ އެއްވެސް މަސައްކަތެއް ނުކޮށް، ތުހުމަތުކުރެވޭ މީހާ ބުނާ އެއްޗެއް ހާމަކޮށް، ކުރީ ސަރުކާރު ބަދުނާމުވާ ގޮތަށް ފުލުހުން ވާހަކަދެއްކީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށެވެ.

އަކްރަމް ވިދާޅުވީ ފުލުހުންގެ މުއައްސަސާ ސިޔާސީ ވެފައިވާ ކަމަށާއި، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް އިންނެވީ ސިޔާސީ މައިދާނެއްގައި ކަމަށެވެ.

މީގެ އިތުރުން އަކްރަމް ވިދާޅުވީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެއްވެސް ލިޔުމެއް އުސޫލުން ބޭރުން އަދި ގަވާއިދާ ހިލާފަށް ދޫކޮށްފައިނުވާނެ ކަމަށެވެ. އެސިސްޓަމްގެ ތެރެއިން އެގޮތަށް މަސައްކަތް ނުކުރެވޭނެ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

ފްރެސް ކޮންފަރެންސްގެ ބޭނުމަކީ މުއިއްޒާއި، ފަޒުލްއާއި ގޯތި ވައްކަމުގެ ކަންތައްތައް ފޮރުވުމަށްޓަކައި ސަރުކާރުން ކުރަމުން ގެންދާ ކަންތައްތަކުގެ ތެރެއިން އެ ފޮރުވުމަށް ކުރި މަސައްކަތުގެ ތެރެއިން ފުލުހުން ފްރެސް ކޮންފަރެންސް އެ ބޭއްވެވީ. އޭގައި އަޅުގަނޑު ފާހަގަކޮށްފައި އޮންނާނެ އެގްރިމެންޓަށް ކަމަށް ދެއްކުމަށްޓަކައި ތައްޔާރުކޮށްފައިވާ ޑޮކިއުމަންޓާއި ސުވާލު އުފެދުމުން ވެސް އެޑޮކިއުމެންޓް ސައްހަކަން ކަށަވަރުކުރުމަށް ފޮރެންސިކް ތަހުލީލެއް ވެސް ނުހަދާ ކުރީ ސަރުކާރުން ދޫކުރި ލިޔުމެއްގެ ގޮތުގައި އެވާހަކަ ދެއްކީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށްޓަކައި. ކުރީ ސަރުކާރުން ދިން އެއްޗެކޭ ހަމަ މީހަކު ބުނާއިރަށް އެވާހަކަ ދައްކާކަށް ނުޖެހޭ ތަހުގީގެއް ނުކުރައްވާ.
ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން

މިމައްސަލައާއި ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވެފައިވަނީ ތަހުގީގަށް ލިބިފައިވާ ހައުސިން މިނިސްޓްރީގެ ލިޔުންތަކާ ގުޅިގެން، ލިޔުން ލިބުނު ފަރާތްތަކާ ސުވާލު ކުރުމުން އެ ލިޔުންތަކަކީ ކުރީ ސަރުކާރުން ދީފައިވާ ލިޔުންތަކެއް ކަމަށް ބުނެފައިވާ ކަމަށެވެ.

ނަމަވެސް މިހާތަނަށް އެ ލިޔުންތަކަކީ ސައްހަ ލިޔުންތަކެއްކަން ކަށަވަރު ނުވާއިރު، އެ ލިޔުންތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވެފައިވެއެވެ.

- ކޮމެންޓް