ކ. މާލެ
|
19 ޑިސެންބަރ 2024 | ބުރާސްފަތި 22:48
ރައީސް އާއި ނައިބު ރައީސްގެ އިތުރުން ފަޒުލް
ރައީސް އާއި ނައިބު ރައީސްގެ އިތުރުން ފަޒުލް
ރައީސް އޮފީސް
ގޯތި ޚިޔާނާތް
ފަޒުލްގެ ކޮރަޕްޝަންގެ މައްސަލަތައް ޒުހޫރު ރައީސްގެ ސަމާލުކަމަށް ގެނައުމުން ވެސް އެކަން ބަލަން ރައީސް އަންގަވާފަ އެއް ނުވޭ
ޒުހޫރު ވަނީ ފަޒުލްގެ ހަމައެކަނި ބޭނުމަކީ އަމިއްލަ ބޭނުމަށް ފައިސާ ހޯދުން ކަމަށް ސިފަކުރައްވާފަ
ޝަރީފް ވަނީ މި މައްސަލަ ބަލަން ފެށީ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކާއި ގުޅިގެން ފުލުހުންގެ އަމިއްލަ އިސްނެގުމުގައި ކަމަށް ވެސް ފާހަގަކުރައްވާފަ
އެޗްޑީސީ ގެ އެމްޑީ ފަޒުލް ރަޝީދުގެ ބޭބެ އަށް ހުޅުމާލެ އިން ބިމެއް ދިން މައްސަލަ ފެންމަތިވުމުން އެކަން ދިފާއުކުރައްވަން ފަޒުލް މަސައްކަތްކުރެއްވި

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ކޮރަޕްޝަންގެ މައްސަލަތައް އެޗްޑީސީގެ ކުރީގެ ޗެއާމަން އަހުމަދު ޒުހޫރު ސަމާލުކަމަށް ގެނައުމުން ވެސް އެކަން ބަލަން ރައީސް ޑރ.މުހައްމަދު މުއިއްޒު އަންގަވާފަ ނުވާކަން ހާމަވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖެ އެމްވީން ކުރި ސުވާލަކަށް ޖަވާބުދެމުން ފުލުހުން ވަނީ އެފަދަ މައްސަލަ އެއް ބެލުމަށް ފުލުހުންނަށް އަންގާފައި ނުވާކަން ހާމަކުރައްވާފައެވެ.

ޖުލައި މަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު އަށް ޒުހޫރު ފޮނުއްވި ސިޓީގައި އެޗްޑީސީގެ އެތެރޭގައި މޫލާފައިވާ ކޮރަޕްޝަންގެ ވަރަށް ގިނަ ކަންކަން ހިނގާކަން ފާހަގަކުރައްވާފައިވެއެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވަނީ ރައީސް އޮފީހުން ވެސް އަދި އެހެން ފަރާތަކުން ވެސް އެފަދަ މައްސަލަ އެއް ބެލުމަށް ފުލުހުންނަށް އަންގާފައިނުވާކަން ހާމަކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ފުލުހުން ބަލަމުންދާ މައްސަލަ އަކީ އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދުގެ ބޭބެ އަށް ހުޅުމާލެ އިން ބިމެއް ދިން މައްސަލައިގައި ހިމެނޭ ލިޔުންތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ބަލާ މައްސަލަ އެކެވެ. އެހެންނަމަވެސް އެ މައްސަލައިގައި އަދި އެއްވެސް މީހަކަށް ތުހުމަތެއް ނުކުރާ ކަމަށާއި ތަހުގީގު އަދި ދަނީ ކުރިއަށް ކަމަށް އެސިސްޓެންޓް އޭސީޕީ ވިދާޅުވިއެވެ. ޝަރީފް ވަނީ މި މައްސަލަ ބަލަން ފެށީ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކާއި ގުޅިގެން ފުލުހުންގެ އަމިއްލަ އިސްނެގުމުގައި ކަމަށް ވެސް ފާހަގަކުރައްވާފައެވެ.

އަޅުގަނޑުމެންނަކަށް އެއްވެސް ފަރާތަކުން އަންގާފަ އެއް ނުވޭ އެފަދަ މައްސަލަ އެއް ބަލަން.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް

ފުލުހުން މިފަދައިން ފާހަގަކޮށްފައިވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެޑްރެސް ކުރައްވާ މިދިޔަ ޖުލައި މަހު ފޮނުއްވި ހަތް ސަފުހާގެ ދިގު ސިޓީ އެއް މިހާރު ވަނީ އާއްމުވެފައެވެ. އެ ސިޓީގައި އެޗްޑީސީގައި އިންތިހާ އަށް ކޮރަޕްޝަން އޮތްކަން ޒުހޫރު ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން އެޗްޑީސީގެ އެތެރެއިން ކަންކަން ވަނީ ފައިސާ ދޭ މީހާ އަށް ކަމަށް ޒުހޫރު ވަނީ ވިދާޅުވެފައެވެ.

ޒުހޫރު އެޗްޑީސީގެ ޗެއާމަންކަމާ ހަވާލުވެވަޑައިގެންނެވީ ވެސް ރައީސްގެ ހާއްސަ އެދިވަޑައިގަތުމަކަށްކަން ފާހަގަކޮށްލެވެއެވެ.

އެހެންކަމަށް ވާއިރު ޒުހޫރު ވަނީ ފަޒުލްގެ ހަމައެކަނި ބޭނުމަކީ އަމިއްލަ ބޭނުމަށް ފައިސާ ހޯދުން ކަމަށް ސިފަކުރައްވާފައެވެ.

އެޗްޑީސީ ގެ އެމްޑީ ފަޒުލް ރަޝީދުގެ ބޭބެ އަށް ހުޅުމާލެ އިން ބިމެއް ދިން މައްސަލަ ފެންމަތިވުމުން އެކަން ދިފާއުކުރައްވަން ފަޒުލް މަސައްކަތްކުރެއްވިއެވެ.

ބުދަ ދުވަހު މައްސަލަ ފަޅާ އަރާ އާންމުން ނުކުމެ އެޗްޑީސީ އޮފީހުގެ ދޮރުމަތީގައި ހިނގައިގެން އުޅޭ ކަންތައްތަކާ މެދު ހިތްހަމަ ނުޖެހުން ފާޅު ކޮށްފައިވަނިކޮށް ބުރާސްފަތި ދުވަހު ފަޒުލް ވަނީ މަސްއޫލިއްތުތަކުން އެކަހެރިކޮށް ސަސްޕެންޑް ކޮށްފައެވެ.

ފަޒުލް އާ މެދު ވަގުތީ ފިޔަވަޅެއް އެޅި އިރު، އޭނާ ވަނީ ބުދަ ދުވަހުގެ ރޭ އެޗްޑީސީ ގައި ކުއްލި ނޫސް ކޮންފަރެންސް އެއް ބާއްވާ އޭނާގެ ބޭބެ އަށް ވަގަށް ގޯތި ދިން މައްސަލަ ދިފާއު ކުރައްވަން މަސައްކަތް ކުރައްވާފައެވެ.

- ކޮމެންޓް