ކ. މާލެ
|
19 އޯގަސްޓް 2017 | ހޮނިހިރު 13:24
އެމްޑީޕީން ބޭއްވި އެއްވުމުގެ ތެރެއިން
އެމްޑީޕީން ބޭއްވި އެއްވުމުގެ ތެރެއިން
މުހައްމަދު ޝަރުހާން
އެމްޑީޕީ
ފުލުހުންގެ އިދާރާ ކުރިމައްޗަށް އެއްވުމަށް ގޮވާލި މައްސަލާގައި އެމްޑީޕީ 60،000ރ އިން ޖޫރިމަނާ ކޮށްފި
ފައިސާ ހަތް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެ

ފުލުހުންގެ އިދާރާ ކުރިމަށްޗަށް އެއްވުމަށް ގޮވާލި މައްސަލާގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ 60،000ރ އިން ޖޫރިމަނާ ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީ ޖޫރިމަނާ ކޮށްފައި ވަނީ އެމްޑީޕީގެ މެމްބަރެއް ކަމަށްވާ ނައިމާ މުހައްމަދު (ނައީމާއްތަ) ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް އެންގުމުން ފުލުހުންގެ އިދާރާ ކުރިމައްޗަށް އެއްވުމަށް ގޮވާލައި އެމްޑީޕީގެ ރަސްމީ ޓުވިޓާ އެކައުންޓުން ޓްވީޓް ކުރި މައްސަލާގައެވެ.

އެމްޑީޕީ އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ޖޫރިމަނާ ކުރީ އެފަދަ ކަންކަން ނުކުރުމަށް ތަކުރާރުކޮށް އެމްޑީޕީ އަށް އެންގުމުން ވެސް އެފަދަ ކަންކަން ތަކުރާރުކޮށް ކުރަމުންދާތީ ކަމަށެވެ.

އިލެކްޝަންސްގެ ސިޓީގައި ބުނެފައިވާ ގޮތުގައި ޖޫރިމަނާ ފައިސާ ހަތް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެއެވެ. މީގެ ކުރިން ވެސް އެކި މައްސަލަތަކުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ އެމްޑީޕީ ޖޫރިމަނާކޮށްފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް