ކ. މާލެ
|
19 އޯގަސްޓް 2017 | ހޮނިހިރު 08:32
ކަމަދޫ ސުކޫލް
ކަމަދޫ ސުކޫލް
ރާއްޖެ އެމްވީ
ކަމަދޫ ބައި-އިލެކްޝަން
ކަމަދޫ ބައި- އިލެކްޝަންގެ ވޯޓްލާން ފަށައިފި
މި އިންތިހާބުގައި ވާދަ ކުރަނީ ދެ ކެންޑިޑޭޓުން
ކަމަދޫގައި 338 މީހުންނަށް ވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވޭ
މާލޭގައި ވޯޓްލުން ކުރިއަށް ދަނީ ބާޖަމާލުއްދީންގައި

ބ. ކަމަދޫ ކައުންސިލްގެ ބައި-އިލެކްޝަންގެ ވޯޓްލާން ފަށައިފިއެވެ.

އެމްޑީޕީން އަދި ޕީޕީއެމުން ދެ ކެނޑިޑޭޓުން މި ބައި- އިލެކްޝަންގައި ވާދަކުރާއިރު ކަމަދޫ ގައި ވޯޓްލާން ފެށީ 8:00 ގައެވެ. މާލޭގައި ވޯޓްލާން ފެށީ 8:20 ގަ އެވެ. މާލޭގައި ވޯޓްލާން ފެށުން ލަސްވީ، ވޯޓްލާނެ މީހަކު  ނެތުމުންނެވެ. މި އިންތިހާބުގައި ވޯޓްލާން ދެ މަރުކަޒު އިލެކްޝަން ކޮމިޝަނުން ގާއިމްކޮށްފައިވާއިރު އިންތިހާބުގައި 338 މީހުންނަން ވޯޓުލުމުގެ ޙައްގު ލިބިފައިވެއެވެ.

  1. ބައި އިލެކްޝަނުގައި ވާދަކުރަނީ
  • އަހުމަދު ސާޖިދު - ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ( އެމްޑީޕީ)
  • އަލީ ނާއިޒު - ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ( ޕީޕީއެމް )

 

2. ޖުމްލަ ވޯޓުލުމުގެ ޙައްގުލިބިފައިވާ މީހުންގެ އަދަދު : 338

  • އިންތިޙާބީ މަރުކަޒު – ބައު ޖަމާލުއްދީން : ވޯޓުލުގެ ޙައްގު ލިބިފައިވާ މީހުން : 112
  • އިންތިޙާބީ މަރުކަޒު – ކަމަދޫ ސުކޫލް : ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުން : 226

 

ކަމަދޫ ސުކޫލްގައި ވޯޓްލާން ފަށާފައިވާއިރު ކިއުގައި ގިނަ އަދަދެއްގެ ބަޔަކު ނެތްކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް، މާލޭގައި ދިރިއުޅޭ ކަމަދޫ މީހުން ވޯޓްލުމަށް ކަނޑައަޅާފައިވާ މަރުކަޒުކަމުގައިވާ ބ. ޖަމާލުއްދީނުގައި މާބޮޑު ކިއުއެއް ނެތެވެ. ބާޖަމާލުއްދީނުގައި ބަހައްޓާފައިވާ ވޯޓް ފޮއްޓަށް ވޯޓްލުމަށް މީހުން ވަންނަން ކަނޑައަޅާފައިވަނީ ބާ ޖަމާލުއްދީން ސްކޫލުގެ އުތުރުފަތާރު ގޯޅި (މަދޮށި ގޯޅީގެ) ދޮރާށިންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް