ކ. މާލެ
|
1 ޑިސެންބަރ 2024 | އާދީއްތަ 22:56
ސީޕްލޭނެއް ލޭންޑް ކުރަމުން އަންނަ އިރު ކޮކްޕިޓުން މަންޒަރު ފެންނަ ގޮތް
ސީޕްލޭނެއް ލޭންޑް ކުރަމުން އަންނަ އިރު ކޮކްޕިޓުން މަންޒަރު ފެންނަ ގޮތް
ގެޓީ އިމޭޖަސް
ޓެކްސް ބޮޑުކުރުން
ބޮޑު ކުރި އެއަރޕޯޓު ޓެކްސް ނަގަން ފަށައިފި
ޓެކުހަށް ގެނައި ބަދަލުގެ ތެރޭގައި، ކުރިން އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބޭރު މީހެއް އަތުން ނަގަމުން އައި 30 ޑޮލަރު 50 ޑޮލަރަށް ވަނީ ބޮޑުކޮށްފައެވެ. ބިޒްނަސް ކުލާހުން ކުރިން ނަގަމުން އައި 50 ޑޮލަރު، 120 ޑޮލަރަށް ވަނީ ބޮޑު ކޮށްފައެވެ. އަދި ފަސްޓް ކްލާހުގައި ދަތުރުކުރާ މީހެއްގެ އަތުން 90 ޑޮލަރު ކުރިން ނެގި އިރު، މިހާރު 240 ޑޮލަރު ދައްކަން ޖެހޭނެއެވެ. ޕްރައިވެޓް ޖެޓްތަކުގައި ދަތުރުކުރާ ކޮންމެ މީހެއްގެ އަތުން ކުރިން ނެގި 120  ޑޮލަރު، 480 ޑޮލަރަށް ވަނީ ބޮޑުކޮށްފައެވެ.

ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓުން ޓެކްސް އާއި ފީ ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހަށް 1 ޑިސެމްބަރުން ފެށިގެން ޢަމަލު ކުރަން ފަށައިފިއެވެ.

ބޮޑު ކުރި އެގްޒިޓް ފީ ގެ ސަބަބުން ޓިކެޓްގެ އަގު ވަރަށް ބޮޑު ތަނުން މައްޗަށް ދާނެ ކަމަށް ބައެއް ރިޕޯޓުތަކުގައި ވެއެވެ.

ޓެކުހަށް ގެނައި ބަދަލުގެ ތެރޭގައި، ކުރިން އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބޭރު މީހެއް އަތުން ނަގަމުން އައި 30 ޑޮލަރު 50 ޑޮލަރަށް ވަނީ ބޮޑުކޮށްފައެވެ. ބިޒްނަސް ކުލާހުން ކުރިން ނަގަމުން އައި 50 ޑޮލަރު، 120 ޑޮލަރަށް ވަނީ ބޮޑު ކޮށްފައެވެ. އަދި ފަސްޓް ކްލާހުގައި ދަތުރުކުރާ މީހެއްގެ އަތުން 90 ޑޮލަރު ކުރިން ނެގި އިރު، މިހާރު 240 ޑޮލަރު ދައްކަން ޖެހޭނެއެވެ. ޕްރައިވެޓް ޖެޓްތަކުގައި ދަތުރުކުރާ ކޮންމެ މީހެއްގެ އަތުން ކުރިން ނެގި 120  ޑޮލަރު، 480 ޑޮލަރަށް ވަނީ ބޮޑުކޮށްފައެވެ.

އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ދިވެހި ފަސިންޖަރުންގެ އަތުން ނަގަމުން އައި ފީއަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވި ނަމަވެސް އެހެން ކްލާސްތަކުން ދަތުރު ކުރާ ދިވެހިން ބޮޑުވި ޓެކްސް އިން އިސްތިނާ ކޮށްފައެއް ނުވެއެވެ.

އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ނަގާނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ އަތުން އެކަނި ނަމަވެސް ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ ބައިނަލްއަޤްވާމީ އެއާޕޯޓުތަކުން ދަތުރުކުރާ ފަރާތްތަކުގެ އަތުން ނަގާނީ ހަމައެކަނި ޑިޕާޗަރ ޓެކުހެވެ.  

ޑިޕާޗަރ ޓެކްސް ބޮޑު ތަނުން އިތުރު ކުރުމާއެކު ބައިނަލް އަގްވާމީ މީޑިއާގައި މިހާރު އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ، އަގު ބޮޑު މަންޒިލެއްގެ ގޮތުގައި މަޝްހޫރު ދިވެހި ރާއްޖެ އަދި ވަކިން ބޮޑަށް އަގު ބޮޑުވި ވާހަކައެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ނިއުސް ނެޓްވޯކު ކަމުގައިވާ ސީއެންއެން އިން ވަނީ ދާދިފަހުން ރާއްޖޭގެ އެއަރޕޯޓު ތަކުން ނަގާ ފީ އާއި ޓެކްސްތައް ބޮޑު ކުރުމާއެކު ފަތުރުވެރިންނަށް އެކަމުން ކުރާނެ ނޭދެވެ އަސަރުގެ މައްޗަށް ރިޕޯޓެއް އާންމު ކޮށްފައެވެ. އޭގެ ފަހުން ފަސްޓްޕޯސްޓް އެމެރިކާ އިން ވެސް ވަނީ "ރާއްޖެއަށް ކިޔަން ޖެހެނީ އަގުބޮޑު ވަދާއު އެއް" ކަމަށް ބުނާ ރިޕޯޓެއް އާންމު ކޮށްފައެވެ. ސީއެންއެން އާއި ފަސްޓްޕޯސްޓުގެ އިތުރުންވެސް ބައިނަލްއަގްވާމީ އެތައް މީޑިއާއެއްގެ ސުރުޚީތަކުގައި ހުރީ ފަތުރުވެރިކަމަށް އަމާޒު ކޮށް ރާއްޖޭގެ ޓެކްސްތައް ބޮޑު ކުރި ވާހަކަ އާއި އަގުބޮޑުވި ވާހަކައެވެ.

ހުސްވި އަހަރު އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި މީރާއަށް 65.5 މިލިޔަން އެމެރިކާ ޑޮލަރު ލިބިފައިވާއިރު ޑިޕާޗަރ ޓެކުހުގެ ގޮތުގައި މިދިޔަ އަހަރު ލިބިފައިވަނީ 64.1 މިލިޔަން ޑޮލަރެވެ. ސަރުކާރުން ބުނެފައިވަނީ ޓެކުހާއި ފީއަށް އަލަށް ގެނައި ބަދަލާއެކު 1.5 ބިލިޔަން ރުފިޔާގެ އާމްދަނީ އެއް 2025 ވަނަ އަހަރު ސަރުކާރަށް ލިބޭނެ ކަމަށެވެ.

- ކޮމެންޓް