ސްޕެއިންގެ ބާސެލޯނާގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ވޭނެއް މީހުންގެ ގައިގައި ޖައްސަލައި އެތައް ބަޔަކު މަރާލައި، ސަތޭކައަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލާފައިވާއިރު، މި ހާދިސާގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހްމަތު ކުރެވޭ މީހާ މަރާލައިފިއެވެ.
މިހަމަލާއާ ގުޅިގެން ފުލުހުން ހޯދަމުންދިޔަ ފަސް މީހުންގެ ތެރޭގައި ހިމެނޭ މޫސާ އަކްބިރު މަރާލާފައިވަނީ ކެމްބްރިލްސްއިންނެވެ.
މޫސާ އަކްބިރު އަކީ ލަފާ ކުރެވޭ ގޮތުގައި އުމުރުން 17 އަހަރުގެ ސްޕެއިންގެ އުތުރު ކެޓަލަސް ސިޓީގެ ގިއުރޯނާގެ ރައްޔިތެއް ކަމަށާއި މިހަމަލާގައި ދެން ތުހުމަތު ކުރެވޭ ގިނަ މީހުންނަކީ މޮރޮކޯ މީހުން ކަމަށް ސްޕެއިންގެ ފުލުހުން ބުނެއެވެ.
ސްޕެއިންގެ ބާސެލޯނާގައި ހިނގި މިހާދިސާގައި 13 މީހުން މަރުވެފައިވާއިރު 100 ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ. މަންޒަރު ދުއް މީހަކު ބުނި ގޮތުގައި ލެސް ރަމްބްލަސް އެވެނިއު ސަރަހައްދަށް މީހުން ފޫއަޅުވާލައި ގިނަ އަދަދެއްގެ މީހުންގެ ތެރެއަށް ވޭނެއް ވަދެގެން ދިއުމުގެ ސަބަބުން އާންމުންނަށް ބިރުވެރިކަމާއި ކުރިމަތިވި އެވެ. ލެސް ރަމްބްލަސް އަކީ ގިނަ އަދަދެއްގެ އާންމުންނާއި ފަތުރުވެރިން ގޮސް އުޅޭ ސަރަހައްދެކެވެ.
މިހާދިސާއާއި ގުޅިގެން ފުލުހުން ވަނީ ފަސް މީހަކު މާރާލާފައެވެ. އަދި އިތުރު މީހަކު ހޯދަމުންދާއިރު ހަތަރު މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. މިއީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ސްޕެއިންގެ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.
ފުލުހުން ބުނެފައިވަނީ އިތުރު ހަމަލާތަކެއް ދިނުމަށްވެސް އެފަރާތްތަކުން ރާވާފައިވާ ކަމަށެވެ.
މިހާދިސާއާއި ގުޅިގެން އާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ހިންގުމަށް ރޭވުނު ގިނަ އަދަދެއްގެ ޕަބްލިކް އިވެންޓްތައް ވަނީ ކެންސަލް ކޮށްފަ އެވެ. މީގެ އިތުރުން އާންމުން ގިނައިން ގޮސް އުޅޭ ޓްރެއިން ސްޓޭޝަންތައް ވެސް ވަގުތީ ގޮތުން ބަންދުކުރުމަށް ވަނީ ނިންމާފަ އެވެ.