ކ. މާލެ
|
24 ނޮވެންބަރ 2024 | އާދީއްތަ 10:15
މެޗުގައި ލަނޑު ޖެހުމަށްފަހު އިންޓަރ ގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އިންޓަރ ގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
އިޓާލިއަން ލީގު
ފަސް ލަނޑުގެ މޮޅާއެކު އިންޓަރ ދެ ވަނައިގައި
މޮޅާއެކު އިންޓަރ ދެ ވަަނައިގައި އޮތީ މިހާތަނަށް ކުޅުނު 13 މެޗުން 28 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި އޮތް އެޓްލަންޓާ އަށް ވެސް ލިބެނީ 28 ޕޮއިންޓެވެ.

އިޓާލިއަން ލީގުގައި ހެލާސް ވެރޯނާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާން އިން ދެ ވަނައިގައި ހިފަހައްޓައިފި އެވެ.

ހެލާސް ވެރޯނާގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އިންޓަ އިން ކާމިޔާބު ކުރީ 5-0 އިންނެވެ. މެޗުގައި އިންޓަ އިން އެ ޓީމުގެ ފަސް ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ.

މެޗު ފަށައިގެން 17 ވަނަ މިނެޓުގައި އިންޓަރ އަށް ލީޑު ނަގައިދިނީ ޔަކީންް ކޮރެއާ އެވެ. އޭގެ ފަސް މިނެޓު ފަހުން އިންޓަރ ގެ ދެ ވަނަ ލަނޑު ޖެހީ މާކުސް ތުރަމް އެވެ. ދެ ވަނަ ލަނޑު ޖެހިތާ ތިން މިނެޓުގެ ތެރޭގައި ތުރަމް ވަނީ އިތުރު ލަނޑެއް ޖަހައި، އިންޓަރ ގެ ލީޑު ތިން ލަނޑަށް ފުޅާ ކޮށްފަ އެވެ. އޭގެ ފަހުން މެޗުގެ 31 ވަނަ މިނެޓުގައި އިންޓަރ ގެ ހަތަރު ވަނަ ލަނޑު ޖެހީ ސްޓެފާން ޑީ ރިޖް އެވެ. އަދި މެޗުގައި އިންޓަރ ގެ ފަސް ވަނަ ލަނޑު 41 ވަނަ މިނެޓުގައި ޖެހީ ޔަން ބިސެކް އެވެ.

މޮޅާއެކު އިންޓަރ ދެ ވަަނައިގައި އޮތީ މިހާތަނަށް ކުޅުނު 13 މެޗުން 28 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި އޮތް އެޓަލަންޓާ އަށް ވެސް ލިބެނީ 28 ޕޮއިންޓެވެ.

- ކޮމެންޓް