ކ. މާލެ
|
23 ނޮވެންބަރ 2024 | ހޮނިހިރު 09:31
ލަލީލާ ޔޫތު މުބާރާތުގެ ތެރެއިން
ލަލީލާ ޔޫތު މުބާރާތުގެ ތެރެއިން
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)
ސަސް އެކަޑަމީ
ރާއްޖޭގެ ސަސް އެކަޑަމީ އިން ވާދަކުރާ ލަލީގާ ޔޫތު މުބާރާތް ތައިލެންޑްގައި ފަށައިފި
ހަތަރު އުމުރުފުރާ ހިމެނޭ މުބާރާތުގައި ސަސް އެކަޑަމީން ދެ އުމުރުފުރާގައި ވާދަކުރެއެވެ. އެއީ 10 އަހަރުން ދަށާއި, 12 އަހަރުން ދަށުގައެވެ. 10 އަހަރުން ދަށުގައި ސަސް އެކަޑަމީގެ ތިން ޓީމް ދަނީ ވާދަކުރަމުންނެވެ.

ރާއްޖޭގެ ސަސް އެކަޑަމީ ވާދަކުރާ ލަލީގާ ޔޫތް މުބާރާތް ތައިލެންޑްގައި ފަށައިފި އެވެ.

ހަތަރު އުމުރުފުރާ ހިމެނޭ މުބާރާތުގައި ސަސް އެކަޑަމީން ދެ އުމުރުފުރާގައި ވާދަކުރެއެވެ. އެއީ 10 އަހަރުން ދަށާއި, 12 އަހަރުން ދަށުގައެވެ. 10 އަހަރުން ދަށުގައި ސަސް އެކަޑަމީގެ ތިން ޓީމް ދަނީ ވާދަކުރަމުންނެވެ.

10 އަހަރުން ދަށުގައި ވާދަކުރާ ސަސްގެ ގޯޓް ޓީމް ވަނި ގްރޫޕް ސްޓޭޖްގެ ފުރަތަމަ ދެ މެޗުވެސް ކާމިޔާބުކޮށް ގަދަ 16 ޔަގީން ކޮށްފައެވެ. ގޯޓް ޓީމް ގަދަ ސޯޅަ ޔަގީން ކުރީ ބާކީ އެއް މެޗު އޮއްވައެވެ.

ފުރަތަމަ މެޗު ގޯޓް ޓީމުން ކާމިޔާބުކުރީ ތައިލެންޑްގެ ޕޯރޓް ސޮކަރ ސްކޫލާ ވާދަކޮށް 7-3 ނެވެ. ދެވަނަ މެޗު ކާމިޔާބުކުރީ ތައިލެންޑްގެ ލުމްޕުން ވޯރިއޯ 1-0 ން ބަލިކޮށްގެންނެވެ. ސަސްގެ ގޯޔޓް ޓީމަކީ މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދަން ވާދަކުރާ ޓީމެކެވެ.

10 އަހަރުން ދަށުގައި ސަސް އެކަޑަމީން ދެން ވާދަކުރަނީ ޑްރަގަން އާއި ހައިނައި އެވެ. އެދެޓީމްވެސް ގްރޫޕް ސްޓޭޖްގައި ފުރަތަމަ ދެ މެޗުން ވަނީ ބަލިވެފައެވެ. ޑްރަގަން ޓީމް ބަލިވީ ލާއޯސްގެ މަޒްޑާ އޭ ޓީމް އަތުންނާއި ތައިލެންޑްގެ ޕީއެފްއޭ އަތުންނެވެ. ހައިނައި ބަލިވީ ތައިލެންޑްގެ އިންވިސިބަލް ފުޓްބޯލް ކްލަބް އަތުންނާއި ތައިލެންޑްގެ ރަޓްޗަބްރީ އަތުން ނެވެ.

ސަސްގެ މިދެޓީމަކީވެސް އުމުރަށްވުރެ ހަގު ކުޅުންތެރިންނާއެކު އެކުޅުންތެރިންނަށް ފުރުޞަތު ހޯދައިދީގެން ކުރިއަށް އޮތް ދެ އަހަރުން ނަތީޖާ ނެރެން ތައްޔާރުކުރާ ދެޓީމެވެ. މިދެޓީމްގައި 8 އަހަރުގެ ކުޅުންތެރިން ހިމެނެއެވެ.

ސަސް އެކަޑަމީގެ 12 އަހަރުން ދަށުގެ ޓީމް ވެސް ވަނީ ފުރަތަމަ ދެ މެޗުން ބަލިވެފައެވެ. ފުރަތަމަ މެޗުގައި ބަލިވީ އޮސްޓްރޭލިޔާގެ ވިޔަރެއާލް ސިޑްނީއާ ވާދަކޮށް 3-0 ނެވެ. ދެވަނަ މެޗުގައި ތައިލެންޑްގެ ސަޓިޓް ޗުލާ އަތުން ބަލިވީ 1-0 ނެވެ. 12 އަހަރުން ދަށުގެ ޓީމަށް ގްރޫޕް ސްޓޭޖްގައި ބާކީ އަދި ދެ މެޗު އެބައޮތެވެ.

މުބާރާތުގައި 11 ގައުމުން ވާދަކުރެއެވެ. އޭގެތެރޭގައި ސައުތް ކޮރެއާއާއި ސިންގަޕޯރ އާއި އޮސްޓްރޭލިޔާ އާއި ޖަޕާން އަދި އިންޑިޔާ ހިމެނެއެވެ.

- ކޮމެންޓް