ކ. މާލެ
|
22 ނޮވެންބަރ 2024 | ހުކުރު 21:18
ކުޑަރިކިލު ބަނދަރު ހެދުމުގެ މަސައްކަތް ފެށުން (ފައިލް)
ކުޑަރިކިލު ބަނދަރު ހެދުމުގެ މަސައްކަތް ފެށުން (ފައިލް)
-
ތަރައްގީގެ މަޝްރޫއު
ތަރައްގީގެ މަޝްރޫއެއް ދެން ހިންގޭނީ 5 ދިރާސާ ރިޕޯޓު ހަދައި ފިނޭންސުން ހުއްދަ ލިބިގެން
އައު އުސޫލުގެ ދަށުން 70 މިލިޔަން ރުފިޔާ އަށް ވުރެ ބޮޑު ޚަރަދެއް ހިންގާ މަޝްރޫޢުތައް ފެށޭނީ، ދިރާސާގެ މަސައްކަތް ނިންމާ ފިނޭންސަށް ހުށަހަޅައިގެން
ޚަބަރުގެ އޯޑިއޯ

ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށުމަށް މަދުވެގެން ފަސް ދިރާސާ ރިޕޯޓެއް ހުށަހަޅަން ޖެހޭ ގޮތައް ހަދައިފިއެވެ.

މިގޮތުން، މިނިސްޓްރީ އޮފް ފިނޭންސުން ތައްޔާރު ކޮށްފައިވާ ބަޖެޓް ޕޮޒިޝަން ރިޕޯޓުގައި ބުނެފައިވަނީ، މަޝްރޫއު ފެށުމުގެ ކުރިން ހަދަން ޖެހޭ ދިރާސާ ތައް ހެދުމަށް 50 މިލިއަން ރުފިޔާގެ ޕްރޮޖެކްޓް ޕްރިޕަރޭޓަރީ ފަންޑެއް ޤާއިމްކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަލަށް ތައާރަފް ކުރާ އުސޫލުގެ ދަށުން، ޕީއެސްއައިޕީގެ ދަށުން 70 މިލިއަނަށް ވުރެ ބޮޑު ޚަރަދެއް ހިނގާ ކޮންމެ މަޝްރޫއެއް ކުރިއަށް ގެންދެވޭނީ، ބޭނުންވާ ދިރާސާ ތައް ހެދުމަށް ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅައި ހުއްދަ ލިބިގެންނެވެ. މިގޮތުން ހުއްދަ ދިނުމުގައި އެ މަޝްރޫއެއް ސަރުކާރުގެ ތަރައްޤީގެ ޕްލޭނާއި ސިޔާސަތުތަކާ ގުޅިފައި އޮތް މިންވަރު ބަލާނެ ކަމަށްވެސް ފިނޭންސުން ވަނީ ބުނެފައެވެ.

މި ދިރާސާތައް ހެދުމަށް 500،000 ރުފިޔާ އާ ހަމައަށް ޕްރޮޖެކްޓް ޕްރިޕަރޭޓަރީ ފަންޑުން ފައިސާ ދޫކުރާނެ ކަމަށް ވެސް ފިނޭންސުން ވަނީ ބުނެފައެވެ.

އައު އުސޫލުގެ ދަށުން 70 މިލިޔަން ރުފިޔާ އަށް ވުރެ ބޮޑު ޚަރަދެއް ހިންގާ މަޝްރޫޢުތައް ފެށޭނީ، ދިރާސާގެ މަސައްކަތް ނިންމާ ފިނޭންސަށް ހުށަހަޅައިގެން ކަމަށްވެސް ވަނީ ބުނެފައެވެ.

ފަސް ދާއިރާ އަކުން ހަދަން ޖެހޭ ދިރާސާ ރިޕޯޓު ތަކުގެ ތެރޭގައި ހިމެނެނީ:

1. ނީޑްސް އެސެސްމެންޓް؛

2. ޕްރީ ފީސިބިލިޓީ އަދި ޕްރޮޖެކްޓް ފީސިބިލިޓީ؛

3. އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ)؛

4. މަޝްރޫޢު ކޮންސެޕްޓް އަދި ޑިޒައިން؛ އަދި

5. ސޯޝިއޯ އިކޮނޮމިކް ބެނެފިޓްސް އެވެ.

ފިނޭންސުން ހާމަ ކުރި ގޮތުގައި، ދައުލަތުގެ ޚަރަދުގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން އަލަށް ފަށާ މަޝްރޫޢުތައް ބައިނަލްއަޤްވާމީ އުސޫލުތަކާ އެއްގޮތަށް އެކުލަވާލައި ނިންމުމަށް އަމަލު ކުރަންޖެހޭ ކަންކަން ބަޔާންކޮށްފައިވާ ޚާއްސަ ޤަވާއިދެއް ވެސް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ. 2025 ވަނަ އަހަރުގެ ބަޖެޓުގައި ހިންގާނެ މަޝްރޫއުތައް ކަނޑައަޅާފައި ނެތްއިރު، ޕީއެސްއައިޕީ މަޝްރޫޢުތަކަށް ޚަރަދު ކުރަން 12.3 ބިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ.

- ކޮމެންޓް