ކ. މާލެ
|
18 އޯގަސްޓް 2017 | ހުކުރު 11:46
އުތުރު ކޮރެއާ އިން ދަނީ އަސަްކަރީ ބާރު ދެއްކުމުގެ ގިނަ ހަރާކާތްތަކެއް ހިންގަމުން
އުތުރު ކޮރެއާ އިން ދަނީ އަސަްކަރީ ބާރު ދެއްކުމުގެ ގިނަ ހަރާކާތްތަކެއް ހިންގަމުން
ރޮއިޓަރސް
އުތުރު ކޮރެއާ-އެމެރިކާ
އުތުރު ކޮރެއާ އަށް ހަަމަލާ ދިނުމަކީި އަދިވެސް އޮޕްޝަނެއްގެ ގޮތުގައި އޮތް ކަމެއް: އެމެރިކާ
އުތުރު ކޮރެއާ އިން ކުރަމުންދާ މިސައިލް ޓެސްޓްތަކާ ހެދި އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ވަނީ ވަރަށް ގޯސްވެފައި

އުތުރު ކޮރެއާގެ އަމަލުތަކާ ހެދި އެގައުމަށް އަސްކަރީ ހަމަލާއެއް ދިނުމަކީ "ވަރަށް ބިރުހުރި" ކަމަކަމަށް ވާނެ ކަމަށާއި އެހެން ނަމަވެސް އެއީ އަދިވެސް އޮޕްޝަނެއްގެ ގޮތުގައި އޮތް ކަމެއް ކަމަަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންމެ އިސް އަސްކަރީ އެޑްވައިޒަރު ވިދާޅުވެއްޖެއެވެ. 

"ޔޫއެސް ޖޮއިންޓް ޗީފްސް އޮފް ސްޓާފް" ގެ ޗެއާމަން ޖެނެރަލް ޖޯސެފް  ޑަންފޯޑް މިހެން ވިދާޅުވީ  ޗައިނާ އަށް ކުރެއްވި ދަތުރުފުޅެއްގައެވެ.

ޖެނެރަލް ޑަންފޯން މިހެން ވިދާޅުވި އިރު ވައިޓް ހައުސްގެ ޗީފް ސްޓްރެޓެޖިސްޓް ބުދަ ދުވަހު ވިދާޅުވީ އެމެރިކާ އާއި އުތުރު ކޮރެއާގެ ހަމަނުޖެހުންތަކަށް އަސްކަރީ އޮޕްޝަނަކީ ހައްލެއް ނޫން ކަމަށެވެ. 

ދާދިފަހުން ރައީސް ޓްރަމްޕް ވިދާޅުވީ އުތުރު ކޮރެއާ އިން ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމް ކުރިއަށް ގެންދާ ނަމަ އެގައުމުން "އަލިފާނާއި އަދި ރުޅިވެރިކަމާ" ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

އުތުރު ކޮރެއާ އިން ދަނީ އެމެރިކާގެ ސަރަހައްދެއް ކަމަށްވާ ގުއާމް އަށް ހަމަލާ ދޭނެ ކަމަށް ބުނެެ އިންޒާރުވެސް ދެމުންނެވެ. އަދި ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހިންގާ މިސައިލް ޓެސްޓްތައް ވެސް ކުރަމުންނެވެ. ޕެސިފިކްގައި އޮންނަ އެމެރިކާގެ ސަރަހައްދެއް ކަމަށްވާ ގުއާމް ކަނޑަށް މިސައިލް ހަމަލާ ދިނުމާ ބެހޭ ޕްލޭން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ރިވިއުކޮށްފައިވާ ކަމަށާއި އެހެން ނަަމަވެސް ސީދާ ވަކި ގޮތެއް ނިންމުމުގެ ކުރިން އެމެރިކާގެ އަމަލުތަކަަށް ބަލާނެ ކަމަށް އުތުރު ކޮރެއާ އިން ބުނިތާ މާގިނަ ދުވަހެއް ނުވެއެވެ.

ބައިނަލްއަގްވާމީ ދުނިޔެއިން ތަކުރާރުކޮށް އުުތުރު ކޮރެއާ އަށް އަންގަމުން ދަނީ ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށާއި އަދި މިސައިލް ޓެސްޓްތައް ކުރުން ހުއްޓާލުމަށެވެ. އެހެންނަމަވެސް އުތުރު ކޮރެއާ އިން ބައިނަލްއަގްވާމީ ދުނިޔޭގެ ގޮވުންތަކަށް ދަނީ ބީރުކަންފަތެއް ދެމުންނެވެ. އދ. އިން ދާދިފަހުން ވަނީ އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅާފައެވެ.

 

 

 

 

 

- ކޮމެންޓް