ކ. މާލެ
|
18 އޯގަސްޓް 2017 | ހުކުރު 11:09
އިންޑިއާ ކަނޑުގެ ގައުމުތަކުގެ ބައްދަލުވުމުގައި މިނިސްޓަރ ޝައިނީ ބަައިވެރިވަޑައިގެންނެވި
އިންޑިއާ ކަނޑުގެ ގައުމުތަކުގެ ބައްދަލުވުމުގައި މިނިސްޓަރ ޝައިނީ ބަައިވެރިވަޑައިގެންނެވި
ފިޝަރީސް މިނިސްޓްރީ
ފިޝަރީޒް މިނިސްޓްރީ
އިންޑިއާ ކަނޑުގެ މަސްވެރިކަން މެނޭޖްކުރާނެ ގޮތަކާ މެދު މަޝްވަރާ ބައްދަލުވުމެއް ރާއްޖޭގައި ބާއްވައިފި
މި ބައްދަލުވުން ބާއްވާފައިވަނީ ބަނޑޮހުގައި

އިންޑިއާ ކަނޑުގެ މަސްވެރިކަން މެނޭޖްކުރުރާނެ ގޮތަކާ މެދު އިންޑިއާކަނޑުގެ އައްސޭރިފަށު ގައުމުތަކުގެ އިސްވެރިންގެ މެދުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ބުރާސްފަތި ދުވަހު ބަނޑޮސް އައިލްނެޑް ރިސޯޓުގައި ބޭއްވި މި ބައްދަލުވުމަކީ  މިދިޔަ މޭމަހުގެ 21 ވަނަ ދުވަހު ބޭއްވި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގައި އިންޑިއާ ކަނޑުން އެކި ގައުމުތަކަށް މަސްބޭނޭނެ އެންމެ މަތީ ފެންވަރު ކަނޑައެޅުމާ ބެހޭ ގަރާރަށް ޚިޔާލު އެއްގޮތް ކުރުމަށް ރާއްޖެއިން އިސްނަގައިގެން ބޭއްވި ބައްދަލުވުމެއް ކަމަށް ފިޝަރީސް މިނިސްޓްރީން ބުނެއެވެ.

މިބައްދަލުވުމުގައި ދެކުނު އެފްރިކާ، ސީޝެލް އަދި ޕާކިސްތާނުގެ ފިޝަރީޒް މިނިސްޓަރުންނާއި އީރާން، އިންޑޮނީޝިއާ، ސޯމާލިއާ، މޮޒަމްބީކް، ކޮމޮރޮސް، މޮރިޝަޝް އަދި ޓެންޒޭނިއާ ގެ މަސްވެރިކަމުގެ ދާއިރާގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

ރާއްޖޭގައި ކުރާ ކަނޑުމަސްވެރިކަމަކީ ތިމާވެއްޓާއި ރައްޓެހި އެންމެ ސާފު މަސްވެރިކަމެއްގެ ގޮތުގައި މުޅިދުނިޔެ ބަލައިގަނެފައިވާ މަސްވެރިކަމަކަށް ވާތީ މިރީތި ނަން ދެމެހެއްޓުމަށްޓަކައި އިތުރަށް އިޝްތިހާރު ކުރުމަށް ކުރަމުންދާ މަސައްކަތުގައި މަސްވެރިންނަށް ރަނގަޅު އަގެއް ދިނުމަށް މަގުފަހިވެގެންދާނެ ކަަމަށް ފިޝަރީސް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ފިޝަރީސް މިނިސްޓްރީން ބުނީ އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ 18 ގައުމު އިއްތިފާގުވެއެގެން ގޮވާލެވޭ "ކޯލް ފޯ އެކްޝްން"ގެ ސަބަބުން އިންޑިއާ ކަނޑުގެ އައްސޭރިފަށު ގައުމުތައް ބާރުވެރިކޮށް އިންޑިއާ ކަނޑުގައި ބޮޑު ދަލުގެ މަސްވެރިކަން ކުރާ ދުރު ގައުމުތަކުން މިސަރަހައްދުގައި ދަމަހައްޓަމުން އަންނަ ނުފޫޒު ކުޑަކުރެވޭނެ ކަމަށެވެ. އަދި މީގެ އިތުރިން އިންޑީއާ ކަނޑުގައި އެކުލެވޭ ކަނޑުމަސްވެރިކަމުގެ ނަފާ އެންމެ ފުޅާ ދާއިރާއެއްގައި އިންޑިއާ ކަނޑުގެ އައްސޭރިފަށު ގައުމުތަކަށް ލިއްބައިދިނުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް އެމިނިސްޓްރީން ޔަގީންކުރާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް