ކ. މާލެ
|
18 އޯގަސްޓް 2017 | ހުކުރު 07:29
ކަމަދޫ ބައި އިލެކްޝަނަށް އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަރުން ފުރަނީ
ކަމަދޫ ބައި އިލެކްޝަނަށް އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަރުން ފުރަނީ
ރާއްޖެއެމްވީ
ކަމަދޫ ބައި-އިލެކްޝަން
ކަމަދޫ ބައި-އިލެކްޝަނަށް ބޭނުންވާ ވޯޓު ކަރުދާސް އެރަށަށް ފޮނުވައިިފި
މި އިންތިހާބުގައި ވާދަ ކުރަނީ ދެ ކެންޑިޑޭޓުން
ކަމަދޫގައި 338 މީހުންނަށް ވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވޭ
އިންތިހާބު ކުރިއަށްދަނީ އޮގަސްޓް 19 ގައި

ކަމަދޫ ކައުންސިލްގެ ބައި-އިލެކްޝަންގެ ވޯޓު ކަރުދާހާއި އެހެނިގެން ތަކެތި އިލެކްޝަންސް ކޮމިޝަނުން އެރަށަށް ފޮނުވައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، 19 އޮގަސްޓްވާ ހޮނިހިރު ދުވަހު ބާއްވާ ބައި-އިލެކްޝަނަށް ބޭނުންވާ ކަރުދާރާއި ވޯޓު ފޮއްޓާ އެކު އިލެކްޝަންސް ކޮމިޝަނުގެ ދެ މުވައްޒަފުން އެރަަށް ބުރާސްފަތި ދުވަހު ގޮސްފައިވާ ކަމަށެވެ.

ކަމަދޫގައި ބާއްވާ ބައި އިލެކްޝަނުގައި ޖުމްލަ 12 އޮފިޝަލުން ހަރަކާތްތެރިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. މާލޭގައި ވޯޓު ފޮށި ބެހެއްޓުމަށް ހަަމަޖެހިފައި ވަނީ ބާ ޖަމާލުއްދީންގައި ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

ކަމަދޫގައި ކުރިއަށްދާ އިންތިހާބުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ތެރެއިން މާލޭގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ޓްރެއިނިންގ އޮގަސްޓް 16 ވަނަ ދުވަހު ކުރިއަށް ގެންގޮސްފައިވާ އިރު ކަމަދޫގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ޓްރެއިނިންގ ކުރިއަށްދާނީ 18 އޮގަސްޓްގައި ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

ބ.ކަމަދޫގެ އިންތިހާބުގައި 338 މީހުން ވޯޓުލުމުގެ ހައްގު ލިބިފައިވާ އިރު 112 މީހުން ވަނީ މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފަ އެވެ.

ކަމަދޫ ބައި- އިލެކްޝަންގެ ވޯޓުލުން ކުރިއަށްދަނީ އޯގަސްޓް 19 ވަނަ ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 16:00 އަށެވެ.

މި އިންތިޚާބު އޮބްޒާވުކުރުމަށް ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމިއްޔާތަކުގެ އިތުރުން ނޫސްވެރިންގެ ގޮތުގައި ހިމެނޭ އަށް ފަރާތަކަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފުރުސަތުދީފަ އެވެ.

މި ބައި-އިލެކްޝަންގައި  ވާދަކުރަނީ އެމްޑީޕީ އާއި ޕީޕީއެމްގެ ކެންޑިޑޭޓެކެެވެ. ކަމަދޫގައި ބައި- އިލެކްޝަން ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތަށް އިލެކްޝަންސް ކޮމިޝަނުން ވަމުންދާ އިރު  އެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ތާއީދު ލިބޭ ފަަދަ ނުވަތަ ތާއީދު ކުޑަވާ ފަދަ ނުވަތަ އިންތިހާބަށް ނުފޫޒު ފޯރާނެ އެއްވެސް އަމަލެއް އޮގަސްޓް 18 ވާ ހުކުރު ދުވަހުގެ ހަވީރު 06:00 އިން އޮގަސްޓް 20 ވާ އާދިއްތަ ދުވަހުގެ ހެނދުނު 06:00 އާ ދެމެދު އެއްވެސް ވަސީލަތެއްގެ އެހީގައި ނުހިންގުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިގޮތަށް އިލްތިމާސްކޮށްފައި ވަނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް