ކ. މާލެ
|
10 ނޮވެންބަރ 2024 | އާދީއްތަ 10:06
ޔޮނެކްސް މުބާރާތުގެ ލޯ މެޑައްޔާ އެކު ލައިބާ
ޔޮނެކްސް މުބާރާތުގެ ލޯ މެޑައްޔާ އެކު ލައިބާ
ރާއްޖެ އެމްވީ
ޔޮނެކްސް އިންޓަނޭޝަނަލް ފެސްޓިވަލް
ޔޮނެކްސް މުބާރާތުގައި ލައިބާ އަށް ލޯ މެޑަލް
ބެޑްމިންޓަން ޔޫރަޕު ކަލަންޑަރުގެ މުބާރާތްތަކުގައި ވާދަކޮށް މިއަަހަރުގެ މިހާތަނަށް ލައިބާ ވަނީ ޖުމުލަ ނުވަ މެޑަލް ހޯދައިފަ އެވެ.

ޔޮނެކްސް ޕޮލިސް އިންޓަނޭޝަލް ފެސްޓިވަލްގައި ވާދަކޮށް، ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ، ލައިބާ އަޙުމަދު މަޚްލޫފް (އެލީ) ލޯ މެޑަލް ހޯދައިފި އެވެ.

ޕޮލެންޑުގެ ބިއަލިސްޓޮކްގައި ކުރިއަށް ދިޔަ މުބާރާތުގައި ވާދަކޮށް ލައިބާ ލޯ މެޑަލް ހޯދާފައި ވަނީ މިކްސް ޑަބަލްސް އިވެންޓުންނެވެ. މި އިވެންޓުގައި ލައިބާގެ ޕެއާ ޕާޓްނަރަކީ ލިތުއޭނިއާގެ ޖޫލިއުސް ސަގޭލާ އެވެ. މިކްސް ޑަބަލްސް އިވެންޓުގެ ސެމީ ފައިނަލްގައި ލައިބާ އަދި ސަގޭލާގެ ޕެއާ ވާދަކޮށްފައި ވަނީ، ޕޮލެންޑުގެ ޓާސްކީ އަދި ކްލައުޑިއާއާ އެވެ.

ސެމީ ފައިނަލް މެޗުގައި ޓާސްކީ އަދި ކްލައުޑިއާގެ ޕެއާ އިން ސީދާ ދެ ސެޓުން ލައިބާ އަދި ސަގޭލާގެ ޕެއާގެ މައްޗަށް ކުރި ހޯދައިފަ އެވެ. އެއީ މެޗުގެ ފުރަތަމަ ސެޓު 21-11ން އަދި ދެ ވަނަ ސެޓު 21-07ންނެވެ. މުބާާރާތުގެ އެކި އެކި އިވެންޓުގައި ލައިބާ ވަނީ ޖުމުލަ 10 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން ލައިބާ ވަނީ ހަތް މެޗުން މޮޅުވެފަ އެވެ.

ބެޑްމިންޓަން ޔޫރަޕު ކަލަންޑަރުގެ މުބާރާތްތަކުގައި ވާދަކޮށް މިއަަހަރުގެ މިހާތަނަށް ލައިބާ ވަނީ ޖުމުލަ ނުވަ މެޑަލް ހޯދައިފަ އެވެ. އެއީ ދެ ރިހި މެޑަލް އަދި ހަތް ލޯ މެޑަލް އެވެ. ލައިބާ ފާހަގަ ކޮށްފައިވާ ގޮތުގައި ޔޮނެކްސް މުބާރާތަކީ މިއަހަރު ލައިބާ ވާދަކުރާ ބެޑްމިންޓަން ކަލަންޑަރުގެ ބައިނަލްއަޤުވާމީ ފަހު މުބާރާތެވެ. ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ވާދަކޮށް ލައިބާ ރަނގަޅު ކާމިޔާބީތަކެއް ހޯދަމުން އަންނައިރު، އަންނަ އަހަރު ވެސް މުބާރާތްތަކެއްގައި ވާދަކޮށް ރަނގަޅު ކާމިޔާބެއް ހޯދުމުގެ އުންމީދުގައި ހުރި ކަމަށް ލައިބާ ވަނީ ބުނެފަ އެވެ.

- ކޮމެންޓް