ކ. މާލެ
|
9 ނޮވެންބަރ 2024 | ހޮނިހިރު 11:30
ރޭލްވޭ ސްޓޭޝަނަށް ދިން ހަމަލާއަށް ފަހު
ރޭލްވޭ ސްޓޭޝަނަށް ދިން ހަމަލާއަށް ފަހު
ރޮއިޓާސް
ޕާކިސްތާނަށް ބޮމުގެ ހަމަލާއެއް ދިނުން
ޕާކިސްތާނުގެ ރޭލްވޭ ސްޓޭޝަނަކަށް ބޮމުގެ ހަމަލާއެއްދީ 13 މީހުން މަރުވެއްޖެ
ހޮނިހިރު ދުވަހު ޕާކިސްތާނުގެ ދެކުނު ހުޅަނގު ސަރަޙައްދުގައިވާ ކުއެޓާގެ ރޭލްވޭ ސްޓޭޝަނަކަށް ބޮމުގެ ހަމަލާއެއްދީ މަދުވެގެން 13 މީހުން މަރުވެ، 25 މީހުން ވަނީ ޒަޚަމްވެފައެވެ.

ޕާކިސްތާނުގެ ރޭލްވޭ ސްޓޭޝަނަކަށް ބޮމުގެ ހަމަލާއެއްދީ 13 މީހުން މަރުވެއްޖެކަމަށް ޕާކިސްތާނުގެ ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އިސް އޮފިޝަލަކަށް ހަވާލާދީ ރޮއިޓަރސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހު ޕާކިސްތާނުގެ ދެކުނު ހުޅަނގު ސަރަޙައްދުގައިވާ ކުއެޓާގެ ރޭލްވޭ ސްޓޭޝަނަކަށް ބޮމުގެ ހަމަލާއެއްދީ މަދުވެގެން 13 މީހުން މަރުވެ، 25 މީހުން ވަނީ ޒަޚަމްވެފައެވެ.

"ޕެޝަވާރަށް ދަތުރުކުރާ އެކްސްޕްރެސް ރޭލު ނައްޓާލަން އުޅެނިކޮށް ރޭލްވޭ ސްޓޭޝަންގެ އެތެރޭގައި ބޮން ގޮވުން ހިނގީ،" ޕާކިސްތާނު ފުލުހުންގެ އޮޕަރޭޝަންސްގެ ސީނިއަރ ސުޕްރިންޓެންޑެންޓް މުޙައްމަދު ބަލޫޗް ހަމަލާއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

މި ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން ނަގާފައެއް ނުވެއެވެ.

- ކޮމެންޓް