ކ. މާލެ
|
17 އޯގަސްޓް 2017 | ބުރާސްފަތި 12:13
ޖޭޕީގެ ސެކްރެޓަރީ ޖެނަރަލް ސަމީރު
ޖޭޕީގެ ސެކްރެޓަރީ ޖެނަރަލް ސަމީރު
މުހައްމަދު ޝަރުހާން
ސަމީރު
ސަމީރުގެ މައްޗަށް ގާނޫނޫލް އުގޫބާތުގެ ދަށުން ފަސް ތުހުމަތެއް ކޮށްފި
ސަމީރު ހައްޔަރު ކުރީ ފަހަތަށް ބިޑިއެޅުވުމަށްފަހު
ސަމީރުގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދާނީ މިއަދު ތިނެއް ޖަހާއިރު

 އިދިކޮޅު ފަރާތްތަކުން ބުދަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ފުލުހުން ހައްޔަރު ކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަހުމަދު ސަމީރުގެ މައްޗަށް ގާނޫނުލް އުގޫބާތުގެ ދަށުން ފަސް ތުހުމަތެއް ކޮށްފިއެވެ.

ސަމީރުގެ ގާނޫނީ ވަކީލް އަލީ ޒާހިރު ވިދާޅުވީ ގާނޫނުލް އުގޫބާތުގެ ފަސް މާއްދާއެއްގެ ދަށުން ފަސް ތުހުމަތެއް ސަމީރުގެ މައްޗަށް ކޮށް މުއްދަތު ޖެހުމަށް މިއަދު ތިނެއް ޖަހާއިރު ކްރިމިނަލް ކޯޓަށް ހާޒިރު ކުރާނެ ކަމަށެވެ.

ސަމީރުގެ މައްޗަށް ތުހުމަތު ކުރަނީ ގާނޫނުލް އުގޫބާތުގެ 120 ވަނަ މާއްދާ އާއި، 532 ވަނަ މާއްދާ އާއި، 533 ވަނަ މާއްދާ އާއި 615 ވަނަ މާއްދާގެ ދަށުން ތުހުމަތު ކުރާ ދެ ކުށެކެވެ.

ގާނޫނުލް އުގޫބާތުގެ 120 ވަނަ މާއްދާއަކީ ޖެހުމުގެ ކުށް ބަޔާން ކުރާ މާއްދާއެވެ. އަދި 532 ވަނަ މާއްދާއަކީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ހުރަސް އެޅުން ބަޔާން ކުރާ މާއްދާއެވެ. އަދި 533 ވަނަ މާއްދާއަކީ ގާނޫނު ހިންގުމަށް ހުރަސް އެޅުން ބަޔާން ކުރާ މާއްދާއެވެ. އަދި 615 ވަނަ މާއްދާއަކީ އާއްމު މަސްލަހަތަށް ގެއްލުން ހުރި ކަންކަން ބަޔާން ކުރާ މާއްދާއެވެ.

މަޖިލީހުގެ މެމްބަރުންނަށް ކުރިމަތިކުރުވަމުން އަންނަ އަނިޔާތަކާ ދެކޮޅަށް ބުދަދުވަހުގެ ރޭ ކުރިއަށް ގެންދާ އިހްތިޖާޖުގައި ސަމީރު ވިދާޅުވީ، ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅޭވޭނެކަމަށް ގާނޫނު އަސާސީގައި ލިޔެފައި އޮތް އިރު ރޭ ވެސް ދިވެހި ރައްޔިތުން ޕްރެކްޓިކް ކުރަމުން ދިޔައީ  އެފަދަ ހަރަކާތެއް ކަމަށާއި، ސަރުކާރު ޖަވާބު ދާރީ ކުރުވުމަށް ރައްޔިތުން އަޑު އުފުލަމުން ދާ ދިއުމަށް ފުލުހުން ވެސް ޖާގަދޭން ޖެހޭ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް