ކ. މާލެ
|
17 އޯގަސްޓް 2017 | ބުރާސްފަތި 10:51
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް
ޓްވިޓަރ
ގާސިމް
ގާސިމް އިބްރާހީމް ހޮސްޕިޓަލުން ދޫކޮށްލައިފި
ގާސިމަށް ފަރުވާ ދީފައި ވަނީ ހިތުގެ އާލާސްކަންފުޅެއްގައި
ގާސިމްގެ ޕާސްޕޯޓްވަނީ ހިފަހައްޓާފައި

ސީއްޙީ ހާލުކޮޅު ދެރަވެގެން އެޑީކޭ ހޮޕިޓަލުގައި އެޑިމިޓްކޮށް ފަރުވާ ދެމުން ދިޔަ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ހޮސްޕިޓަލުން ގާސިމް ދޫކޮށްލާފައި ވަނީ މީގެ ތިން ދުވަސް ކުރިންނެވެ.

ޖުމްހޫރީ ޕާޓީގެ ސެކްތްރީ ޖެނަރަލް އަހުމަދު ސަމީރު ވިދާޅުވެފައި ވަނީ ގާސިމްގެ ބަލިހާލުކޮޅަށް ބަދަލެއް ނާންނަ ކަމަށާއި އިތުރު ފަރުވާތަކަށް ދެވޭނީ ހަދަންޖެހޭ ހިތުގެ ޓެސްޓުތަކެއް ހެދުމަށް ފަހު ކަމަށެވެ.

 ސަމީރު ވިދާޅުވީ، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެމްއާރްއައި ޓެސްޓް ހައްދަވާފައިވާ ކަމަށާއި، ގާސިމްގެ ހާލުކޮޅު ރަގަޅުވާނީ އިތުރުފަރުވާ ދިނުމަށް ބޭރަށް ގޮސްގެން ކަމަށެވެ.

 ސަމީރު ވިދާޅުވީ، ގާސިމްގެ ޕާސްޕޯޓު ހިފެހެއްޓުމުގެ ސަބަބުން އިތުރުފަރުވާ ނުދެވޭ ކޮންމެ ކޮންމެ ދުވަހު، ސިއްހީ ހާލުކޮޅު އިތުރަށް ގޯސްވުމުގެ ޒިންމާ ނަގަންޖެހޭނީ ސަރުކާރުން ކަމަށެވެ. މިއީ ރައްޔިތުންނަށް އިހްސާންތެރިކަމެއް ނެތް ސަރުކާރެއް ކަމަށް ސަމީރު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
17 އޯގަސްޓް 2017 | ބުރާސްފަތި 14:56
ފިޔޯރީސައީދު
އަވަސް ޝިފާޔަކަށް އެދެން
17 އޯގަސްޓް 2017 | ބުރާސްފަތި 14:34
ބޭކަލްޕިޓް
ދެކޮޅުވެރި ސަރުކާރު ބޯހަރު ސަރުކާރު
17 އޯގަސްޓް 2017 | ބުރާސްފަތި 12:53
އޯޑަނާ
އެކޮޅު ކޮޅު ސަރުކާރު...ބޯގަޅި ސަރުކާރު
17 އޯގަސްޓް 2017 | ބުރާސްފަތި 12:24
އަލީ
އަވަހަށް ކޯޓަށް ގަޑިކިޔާ އެންމެ މިނިޓެއްވެސް ލަސްކުރާކަށް ނުވާނެ ލަސްވާނަމަ ފައިސާ ފައިސާ ފައިސާ ކަންބޮޑުވުން އެކަށީގެންވޭ! ފަނޑިޔާރުން މަޤާމުވެސް ގެއްލިދާނެ