ކ. މާލެ
|
21 އޮކްޓޯބަރ 2024 | ހޯމަ 15:20
ވ.އަތޮޅުގެ ރިސޯޓެއްގެ ފޮޓޯ އެއް
ވ.އަތޮޅުގެ ރިސޯޓެއްގެ ފޮޓޯ އެއް
ގޫގުލް
ފަތުރުވެރިއަކު މަރުވުން
ވ.އަތޮޅު ރިސޯޓެއްގެ މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން މަރުވެއްޖެ
މަރުވެފައި ވަނީ ބެލަރުސް އަށް އުފަން އަންހެނެއް
ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުން

ވ.އަތޮޅު ރިސޯޓެއްގެ މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން މަރުވެއްޖެއެވެ.

މަރުވެފައި ވަނީ ބެލަރުސް އަށް އުފަން އުމުރުން 63 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ ފަތުރުވެރިޔާ ގެނބިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައި ވަނީ ހޯމަ ދުވަހުގެ މެންދުރު 11:29 ހާއިރުކަމަށެވެ.

އޭނާ ފެލިދޫ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާ ދީ ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.


Advertisement
- ކޮމެންޓް