ކ. މާލެ
|
16 އޯގަސްޓް 2017 | ބުދަ 23:36
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި
މުހައްމަދު ޝަރުހާން
އެމްޑީޕީ
އޭސީސީގެ 5 މެމްބަރެއްގެ މައްސަލަ ބައްލަވައިދިނުމަށް މަޖިލީހުގެ ކޮމެޓީއަށް އެމްޑީޕީން ހުށަހަޅައިފި
އޭސީސީއަކީ ވަކި ފަރާތަކަށް ބުރަނުވާ މުސްތަޤިއްލު މުއައްސަސާއެއް
އެކޮމިޝަންގެ ވާޖިބުތަކާއި މަސްޢޫލިއްޔަތުތައް އަދާކުރަންވާނީ ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން

އެންޓި ކޮރަޕްޝަން ކޮމިޝަންގެ 5 މެމްބަރެއްގެ މައްސަލަ ބައްލަވައި ދިނުމަށް ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީ އިން ހުށަހަޅައިފިއެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް ޢަބްދުއްސައްތާރު ސޮއި ކުރައްވައި ބުދަ ދުވަހު މަޖިލީހުގެ ރައީސަށް ފޮނުއްވާފައިވާ ސިޓީގައި ބުނެފައިވަނީ އެސީސީއަކީ ވަކި ފަރާތަކަށް ބުރަނުވާ މުސްތަޤިއްލު މުއައްސަސާއެއް ކަމަށާއި އެކޮމިޝަންގެ ވާޖިބުތަކާއި މަސްޢޫލިއްޔަތުތައް އަދާކުރަންވާނީ ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ދަޢުލަތުގެ އެންމެހާ ދާއިރާތަކުން ކޮރަޕްޝަން ނައްތާލުމަށް އޭސީސީ ޖެހިލުމެއް ނެތި މަސައްކަތް ކުރަންވާނެ ކަމަށް ޤާނޫނު އަސާސީގެ 199 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވީ ނަމަވެސް އެމް.އެމް.ޕީ.އާރް.ސީ އިން ހިންގި ކޮރަޕްޝަންގައި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ބައިވެރިވެވަޑައިގެންފައިވާ ކަމަށް ތުހުމަތުކުރާ މައްސަލައިގެ ތަޙްޤީޤް ހިންގުމަށް އޭސީސީން ޖެހިލުންވާ ކަމަށް ސިޓީގައި ވެއެވެ.

ސިޓީގައި އިތުރަށް ބުނެފައި ވަނީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ  މައްސަލަ މުސްތަޤިލުކަމާއެކު ތަހްޤީޤް ކުރުމުގެ މަސްޢޫލިއްޔަތު އެސީސީ އިން ކޮމިޝަންގެ މެމްބަރުން އަދާ ނުކުރާތީ ރައްޔިތުން މަޖިލީހުގެ ކަމާބެހޭ ކޮމެޓީ އިން އޭސީސީގެ 5 މެމްބަރުންގެ މައްސަލަ ބައްލަވައިދެއްވުމަށް އެދި ހުށަހަޅުއްވާ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް