ކ. މާލެ
|
17 އޮކްޓޯބަރ 2024 | ބުރާސްފަތި 16:59
ވިލިމާލޭގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ 100 އެނދުގެ ހޮސްޕިޓަލްގެ ފީސިބިލިޓީ ނިންމާލުމާ ގުޅިގެން ބުރާސްފަތި ދުވަހު ބޭއްވި މެމޮރެންޑަމްގައި ސޮއިކުރުމުގެ ރަސްމިއްޔާތު
ވިލިމާލޭގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ 100 އެނދުގެ ހޮސްޕިޓަލްގެ ފީސިބިލިޓީ ނިންމާލުމާ ގުޅިގެން ބުރާސްފަތި ދުވަހު ބޭއްވި މެމޮރެންޑަމްގައި ސޮއިކުރުމުގެ ރަސްމިއްޔާތު
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓަކްޗަރ
ވިލިމާލޭ 100 އެނދުގެ ހޮސްޕިޓަލު
ވިލިމާލޭގައި އަޅާ 100 އެނދުގެ ހޮސްޕިޓަލުގެ ފީސިބިލިޓީގެ ނިމުން ފާހަގަކޮށްފި
މަޝްރޫޢުގެ ދެން އޮންނާނީ ޑިޒައިން ކުރުމާއި ޕްރޮކިއުމަންޓް މަރުޙަލާ ކަމަށް ކޮންސްޓަރަކްޝަން މިނިސްޓްރީން ބުނޭ

ވިލިމާލޭ ގައި ޗައިނާ ސަރުކާރުގެ އެހީގެދަށުން އަޅާ ހޮސްޕިޓަލުގެ ފީސިބިލިޓީ ދިރާސާގެ މަސައްކަތް ނިމި ލިޔެކިޔުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

ވިލިމާލޭގައި އަޅާ ހޮސްޕިޓަލުގެ މަސައްކަތަކީ ޗައިނާއިން ދިވެހިރާއްޖެއަށް ދޭ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ވިލިމާލޭގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ 100 އެނދުގެ ހޮސްޕިޓަލްގެ ފީސިބިލިޓީ ދިރާސާ ނިމުމާއި ގުޅިގެން ބުރާސްފަތި ދުވަހު ކޮންސްޓްރަކްޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ފީސިބިލިޓީ މެމޮރަންޑަމްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރު ވަންގ ލީޝިންއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން އެކްސްގައި ހާމަކޮށްފައިވާ މައުލޫމާތުގައި ބުނެފައިވަނީ މި ސޮއިކުރުމާއެކު މަޝްރޫޢުގެ ދެން އޮތް މަރުޙަލާ ކަމުގައިވާ ޑިޒައިން އަދި ޕްރޮކިއުމަންޓް މަރުޙަލާ އަށް ދިއުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށެވެ

ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވި ކަމަށް ދައުލަތުގެ މީޑިއާ އިން ބުނެފައިވަނީ ވިލިމާލޭގައި ތަރައްޤީކުރާ 100 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމާ ޚިދުމަތް ދޭން ފެށުމަކީ އަމާޒެއްކަމަށެވެ.

ޓެންޑަރިންގެ މަރުހަލާ ފުރިހަމަވުމަށް 6 މަސް ދުވަސް ނަގާނެކަމަށާއި، މި 6 މަސް ދުވަސް ތެރޭގައި ޑިޒައިންގެ މަސައްކަތް ނިމި މަސައްކަތް ކުރާނެ ކުންފުންޏެއް ބިޑްކޮށްގެން ޗައިނާއިން ހޯދާނެކަމަށާއި، އަންނަ އަހަރުގެ މެދު ތެރޭގައި އިމާރާތް ކުރުމުގެ މަސައްކަތް ފެށި ދެ އަހަރު ތެރޭގައި ހޮސްޕިޓަލުގެ މަސައްކަތް ނިންމާލެވޭނެކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވި ކަމަށް ޕީއެސްއެމްއިން ބުނެފައިވެއެވެ. "އަޅުގަނޑުގެ އުންމީދަކީ 2027 ވަނަ އަހަރުގެ ތެރޭގައި މި ހޮސްޕިޓަލަކީ ރަނގަޅު ފެންވަރުގެ ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ޙިދުމަތް ލިބިގެން ދާނެކަމައް،" ޑރ. މުއްތަލިބު ވިދާޅުވެފައިވެއެވެ.                                        

Advertisement

Advertisement
- ކޮމެންޓް