ކ. މާލެ
|
16 އޯގަސްޓް 2017 | ބުދަ 21:24
ފުލުހުން އަތުލައިގަނެފައިވާ އެއްޗެހި
ފުލުހުން އަތުލައިގަނެފައިވާ އެއްޗެހި
ޕޮލިސް
މަސްތުވާތަކެތި އަތުލައިގަތުން
މާލެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެއްކޮށް ބިދޭސީންތަކެއް ހައްޔަރު ކޮށްފި
ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރާއި އުމުރުން 30 އަހަރުގެ ދެ ބިދޭސީން

ކޯޓް އަމުރެއްގެ ދަށުން ބުދަ ދުވަހު މާލޭގެ ހެންވޭރު ގެއަކާއި ފިހާރައެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އުމުރުން 25 އަހަރާއި އުމުރުން 30 އަހަރުގެ ދެ ބިދޭސީން ކަމަށެވެ. އަދި ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ފިލްމު ހުސްކުރި 1 ދަޅު ފެނިފައިވާ ކަމަށް ފުލުހުންގެ  މީޑިއާ  އޮފިސަލް  ވިދާޅުވިއެވެ.

ފިހާރަ ބަލައި ފާސްކުރިއިރު ފިހާރަ ތެރެއިން ފިލްމު ހުސްކުރި 29 ދަޅާއި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ބުނީ ފެނިފައިވާ ތަކެތީގެ ވަގުތީ ބަރުދަނަކީ 1 ކިލޯ 462 ގްރާމް ކަމަށެވެ.

އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ރާއްޖެއައި ބަންގްލަދޭޝް ފިރިހެނެއްގެ އަތުންވެސް ފުލުހުން ވަނީ މަސްތުވާތަކެތި އަތުލައިގެންފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް