ކ. މާލެ
|
15 އޮކްޓޯބަރ 2024 | އަންގާރަ 12:43
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް
ރާއްޖެއެމްވީ
ވީއައިއޭގައި އެކްސިޑެންޓެއް ވުން
އެއާޕޯޓް ލަގެޖް އުފުލާ ވެހިކަލް އެއް އެކްސިޑެންޓްވެ އުޅަނދު ދުއްވަން އިން މީހާ މަރުވެއްޖެ
މަރުވެފައި ވަނީ 45 އަހަރުގެ ފިރިހެނެއް
އެއާޕޯޓް ލަގެޖް އުފުލާ ވެހިކަލް އެއް ދުއްވާފައި ދަނިކޮށް، ލައިޓް އާއި ކެމެރާ ހަރުކޮށްފައި ހުރި ސްޓްރަކްޗަރއެއްގެ ބުޑުގަނޑުގައި ޖެހިފައިވޭ

އެއާޕޯޓް ލަގެޖް އުފުލާ ވެހިކަލް އެއް އެކްސިޑެންޓްވެ އުޅަނދު ދުއްވަން އިން މީހާ މަރުވެއްޖެއެވެ.

މަރުވެފައި ވަނީ 45 އަހަރުގެ ފިރިހެނެކެވެ.

އެއާޕޯޓް ލަގެޖް އުފުލާ ވެހިކަލް އެއް ދުއްވާފައި ދަނިކޮށް، ލައިޓް އާއި ކެމެރާ ހަރުކޮށްފައި ހުރި ސްޓްރަކްޗަރއެއްގެ ބުޑުގަނޑުގައި ޖެހިފައިވާ ކަމަށް ރިޕޯޓް ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެ ވެހިކަލް ދުއްވަން އިން މީހާ ކްލިނިކް އަށް ގެންދިއުމަށް ފަހު މިހާރު އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނިގޮތުގައި މިހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ 09:28ހާއިރެވެ.

ފުލުހުން ބުނިގޮތުގައި ވެހިކަލް ދުއްވަން އިން މީހާ ކްލިނިކަށް ގެންދިޔަ އިރު ވެސް ވަނީ މަރުވެފައެވެ. އަދި އައިޖީއެމްއެޗަށް ގެންގޮސް އިތުރަށް ބަލާފައިވާ ކަމަށާއި، ބޭރުފުށުން އޭނާ އަށް އެއްވެސް އަނިޔާއެއް ލިބިފައި ނެތް ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ މައުލޫމާތުދީފައެވެ.

ފުލުހުން ދަނީ މި ހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.

- ކޮމެންޓް