ކ. މާލެ
|
14 އޮކްޓޯބަރ 2024 | ހޯމަ 18:51
އިންޑިޔާ އަދި ރާއްޖޭގެ ސިފައިން
އިންޑިޔާ އަދި ރާއްޖޭގެ ސިފައިން
އެމްއެންޑީއެފް
ޑޯނިއަރ ދުއްވުން
އިސްތިއުނާފުކުރި ދިވެހި ސިފައިން ޑޯނިއާ ދުއްވަން ނުދޭ ސަބަބު ހާމަކުރާ މައްސަލަ އަނބުރާ ނަގައިިފި
ޑޯނިއަރ ދުއްވަން ދިވެހި ސިފައިންނަށް ނުދޭ ސަބަބު ހާމަކުރާނެކަމަށް ޑިފެންސް މިނިސްޓްރީން ނުބުނޭ
އިސްތިއުނާފުކުރި މައްސަލަ އަނބުރާ ނެގި ސަބަބެއްވެސް ހާމަކޮށްފައިނުވޭ

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ޑޯނިއަރ މަތިންދާ ބޯޓު ދިވެހި ސިފައިންނަށް ނުދުއްވޭ ސަބަބުން ހޯދަން އެދުނު މައްސަލައިގައި، ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލަ އަނބުރާ ގެނެސްފިއެވެ.

މިކަމާއި ގުޅިގެން ޑިފެންސް މިނިސްޓްރީން ބުނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގުގެ ގާނޫނުގެ ދަށުން، މަހޯލި ޕޯޓަލް މެދުވެރިކޮށް ހޯދުމަށް ހުށަހެޅި މައުލޫމާތަށް އެ މިނިސްޓްރީން ދީފައިވާ ޖަވާބާއި މެދު ހިތްހަމަނުޖެހިގެން ހުށަހެޅުމުން 5 ދުވަހުގެ ތެރޭގައި އެ މައުލޫމާތު ދިނުމަށް އިންފޮރމޭޝަން ކޮމިޝަނުން އެ މިނިސްޓްރީއަށް އަންގައި ނިންމި ނިންމުން އިސްތިއުނާފުކުުރެފައިވާ ކުރުން އަނބުރާ ގެނައުމަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް އަންގާފައިވާނެ ކަމަށެވެ.

ނަމަވެސް އެ މައުލޫމާތު ހާމަކުރުމާއި މެދު ޑިފެންސް މިނިސްޓްރީން ގޮތެއް ނިންމާފައިވާކަމެއް ނުބުނެއެވެ.

ޑޯނިއާ ދުއްވަން ދިވެހި ސިފައިން ތަމްރީނުކުރިނަމަވެސް، އެ ދުއްވާފައިވަނީ އިންޑިއާ ސިފައިންނެވެ. އަދި ފަހުން އިންޑިއާ ސިފައިން ފޮނުވާލަން ނިންމާ އުޅަނދު ނުދުވާ އެތައް ދުވަހެއް ވަންދެން ބާއްވާފައި އޮތުމަށްފަހު، އިންޑިއާގެ އަސްކަރިއްޔާގެ މަދަނީ މުވައްޒަފުން އަނބުރާ ރާއްޖެ ގެނެސް ބޯޓު ދަނީ އޮޕަރޭޓް ކުރަމުންނެވެ.

ހައިކޯޓަށް މި މައްސަލަ އިސްތިއުނާފަށް ހުށަހެޅީ ޑިފެންސް މިނިސްޓްރީން މައުލޫމާތު ދޭން ބޭނުން ނުވެގެންނެވެ. އާރުޓީއައިގެ ދަށުން ހުށަހެޅި މި މައްސަލަ އިންފޮރމޭޝަން ކޮމިޝަނަށް ހުށަހަޅާފައިވަނީ ޑިފެންސް މިނިސްޓްރީން މައުލޫމާދު ދޭން ދެކޮޅު ހެދުމުންނެވެ. އަދި އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ އެ މައުލޫމާތު ދިނުމަށް ޑިފެންސް މިނިސްޓްރީއަށް އެންގީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.

ނަމަވެސް އެ މައުލޫމާތު ދިނުމަށް ދެކޮޅު ހަދާ އެ މައްސަލަ އިސްތިއުނާފުކުރުން ހައިކޯޓަށް ހުށަހެޅިއެވެ. އަދި ރައީސް އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު އެ މައްސަލަ އަނބުރާ ނެގުމަށް ޑިފެންސް މިނިސްޓްރީން ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް