ކ. މާލެ
|
10 އޮކްޓޯބަރ 2024 | ބުރާސްފަތި 12:37
އޭސީ މިލާނަށް ކުޅެމުން އަންނަ ތިއޯ ހެނާންޑޭޒް
އޭސީ މިލާނަށް ކުޅެމުން އަންނަ ތިއޯ ހެނާންޑޭޒް
ރޮއިޓާސް
އޭސީ މިލާން
އެއްބަސްވުން އައު ކުރުމުގެ މަޝްވަރާއެއް މިލާނުން ހެނާންޑޭޒްއަކާ ނުކުރޭ
އޭނާ ބުނީ މިލާާންގައި ހެނާންޑޭޒް ހުރީ ވަރަށް ހިތްހަމަ ޖެހިގެން އަދި އުފަލުންކަން ވެސް އެ ކުލަބަށް އަންގާފައިވާނެ ކަމަށެވެ.

އޭސީ މިލާނަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ތިއޯ ހެނާންޑޭޒްގެ އެއްބަސްވުން އައު ކުރުމުގެ މަޝްވަރާއެއް އެ ކުލަބުން އޭނާއާ ނުކުރާ ކަމަށް، ހެނާންޑޭޒްގެ އެޖެންޓު ބުނެފި އެވެ.

އުމުރުން 27 އަހަރުގެ ކުޅުންތެރިޔާ އޭސީ މިލާނަަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. މިލާނާ އެކު ހެނާންޑޭޒް ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮތްއިރު، މިލާނުން އޭނާގެ އެއްބަސްވުން އައު ކުރަން ބޭނުންވާ ކަމަށް ބައެއް މީޑިއާ ތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ހެނާންޑޭޒްގެ އެޖެންޓު ކިއުލިން ބުނީ އައު އެއްބަސްވުމެއްގެ މަޝްވަރާއެއް މިލާނާ އެކު ކުރިއަށް ނުގެންދާ ކަމަށާއި، މިއަހަރުގެ ޖޫން މަހުން ފެށިގެން އެއްވެސް މުއާމަލާތެއް ކުރެވިފައި ނުވާ ކަމަށެވެ. އޭނާ ބުނީ މިލާާންގައި ހެނާންޑޭޒް ހުރީ ވަރަށް ހިތްހަމަ ޖެހިގެން އަދި އުފަލުންކަން ވެސް އެ ކުލަބަށް އަންގާފައިވާނެ ކަމަށެވެ. އެހެން ނަމަވެސް، އޭގެ ފަހުން އެއްވެސް ކަހަލަ މަޝްވަރާއެއް ކުރެވިފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ މުސްތަޤުބަލުގައި ވަރަށް އަވަހަށް ކަންކަން ބަދަލުވެދާނެ ކަމަށާއި، މިއަދު އޭނާ އަންނަނީ މިލާންގައި ކުޅެމުން ކަމަށެވެ. އަދި އައު އެއްބަސްވުމަކަށް އޭނާ ހުރީ ރުހިގެން ކަމަށާއި، ނަމަވެސް ކުރިއަށް އޮތް ތަނުގައި ކަންތައް ވާނެ ގޮތެއް ބުނަން އޭނާ އަށް ނޭނގޭ ކަމަށް ވެސް ކިއުލިން ބުންޏެވެ.

ހެނާންޑޭޒް ވަނީ މިހާތަނަށް މިލާނަށް ކުޅެދިން 222 މެޗުގައި 31 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ އިޓާލިއަން ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް