ކ. މާލެ
|
3 އޮކްޓޯބަރ 2024 | ބުރާސްފަތި 18:22
ހުޅުމާލޭގައި ތަރައްގީކުރަމުން ދާ ކޭ ޕާކު ފްލެޓުތައް
ހުޅުމާލޭގައި ތަރައްގީކުރަމުން ދާ ކޭ ޕާކު ފްލެޓުތައް
ރާއްޖެއެމްވީ
ކޭޕާކުން އެޕާޓްމަންޓު މައްސަލަ
ކޭޕާކުން އެޕާޓްމަންޓެއް ގަތް މީހަކަށް ފައިސާ އަނބުރާ ދައްކަން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމެއް ބާތިލްކޮށްފި
ސިވިލް ކޯޓުން އެ ހުކުމް ބާތިލްކޮށްފައި ވަނީ ބުދަ ދުވަހު
ބާތިލްކޮށްފައި ވަނީ އައްޑޫ ހިތަދޫ، ނަސީމީ މަންޒިލް، ރަފީއުއްދީން ނަސީމަށް ވިއްކާފައިވާ އެޕާޓްމެންޓުގެ ބަދަލުގައި ފައިސާ ދިނުމަށް ކޮށްފައިވާ ޙުކުމް

ކޭޕާކުން އެޕާޓްމަންޓެއް ގަތް މީހަކަށް ފައިސާ އަނބުރާ ދައްކަން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމެއް ސިވިލް ކޯޓުން ބާތިލްކޮށްފިއެވެ.

ސިވިލް ކޯޓުން އެ ހުކުމް ބާތިލްކޮށްފައި ވަނީ ބުދަ ދުވަހުއެވެ.

ސވިލް ކޯޓުން ބާތިލްކޮށްފައި ވަނީ އައްޑޫ ހިތަދޫ، ނަސީމީ މަންޒިލް، ރަފީއުއްދީން ނަސީމަށް ވިއްކާފައިވާ އެޕާޓްމެންޓުގެ ބަދަލުގައި ފައިސާ ދިނުމަށް ކޮށްފައިވާ ޙުކުމެވެ. ސިވިލް ކޯޓުން ކުރިން ހުކުމްކޮށްފައި ވަނީ ރަފީއްދީނަށް 2.9 މިލިޔަން ރުފިޔާ އާއި 20،000 އެމެރިކާ ޑޮލަރު ދެއްކުމަށެވެ. ސިވިލް ކޯޓުން ޙުކުމްކޮށްފައި ވަނީ ކޭޕާކް އެޕާޓްމެންޓްގެ މަސައްކަތް ކުރިއަށް ގެންދާ ހަންބޯ ކުންފުނީގެ މައްޗަށެވެ.

އެ ޙުކުމްކޮށްފައި ވަނީ އޮކްޓޯބަރު 24، 2022 ގައެވެ. އެ ޙުކުމް އޮތީ ޑިސެންބަރު 24، 2023 ގެ ނިޔަލަށެވެ. އެ ޙުކުމް ބާތިލްކޮށްދިނުމަށް އެދި ހަންބޯ ކުންފުނިން ހުށަހަޅާފައި ވަނީ ނިމިދިޔަ ޖޫން މަހުގެ ތެރޭގައެވެ. އެ ޙުކުމް ބާތިލްކޮށްފައި ވަނީ ހަންބޯ ކުންފުނިން ހުށަހެޅި މައްސަލައިގައި ހިމެނޭ ކަންކަމުގެ މައްޗަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.

އެ ޙުކުމް ބާތިލްކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަ އެ ކޯޓުން ބަލާފައިވަނީ ޢައިރު ހާޒިރުގައި ކުރާ ޙުކުމެއް ރަނގަޅު ނޫން ނަމަ އެ ޙުކުމް ކުރި ކޯޓު މެދުވެރިކޮށް އެ ޙުކުމް ބާތިލްކުރުމުގެ ފުރުސަތު، މަދަނީ އިޖުރާއަރުގެ ޤާނޫނުގެ 124 ވަނަ މާއްދާ އިން ލިބިދީފައިވާތީއެވެ.

ހަންބޯ ކުންފުނިން ވަނީ ފޯޖުކޮށްގެން ހަދާފައިވާ ލިޔެކިއުންތަކެއް ބޭނުންކޮށްގެން އެޕާޓްމަންޓު ވިއްކާފައިވާކަން ފާހަގަކޮށްފައެވެ. އަދި އެ މައްސަލަ ފުލުހުން ދަނީ ބަލަމުންކަން އެ ކުންފުނިން ވަނީ ސިވިލް ކޯޓުން ކުރިން ކޮށްފައިވާ ޙުކުމް ބާތިލްކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަިއގައި ފާހަގަކޮށްފައެވެ. އެ މައްސަލައިގައި އިތުރަށް ފާހަގަކޮށްފައި ވަނީ ރަފީއުއްދީން ނަސީމް ހުށަހެޅި މައްސަލައިގެ ލިޔެކިއުންތަކާ އެހެން ފަރާތަކުން ހަވާލުވުން އެ މައްސަލާފައި ޖަވާބުދާރީ ވުމުގެ ފުރުސަތު ހަންބޯ ކުންފުންޏަށް ނުލިބުނު ކަމަށެވެ.

ހަމައެހެންމެ ހަންބޯ ކުންފުންޏާ ދެކޮޅަށް ކުރި ދައުވާ އަށް ކުންފުނީގެ ވަކީލުން ޖަވާބުދާރީވާން އެދިފައި ވީ ނަމަވެސް މައްސަލައިގެ ލިޔެކިއުންތަކާ އެހެން ފަރާތަކުން ހަވާލުވެފައިވާތީ އެ ފުރުސަތު ވެސް ނުލިބުނު ކަމަށް ހަންބޯ ކުންފުނިން ވަނީ ބުނެފައެވެ.

ރަފީއުއްދީނަށް ފައިސާ ދައްކަން ކުރި ހުކުމް ސިިވިލްކޯޓުން ބާތިލުކުރީ މީގެ އިތުރުން ވެސް ގިނަ ނުކުތާތަކަށް ރިއާޔަތްކޮށްގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް