ކ. މާލެ
|
3 އޮކްޓޯބަރ 2024 | ބުރާސްފަތި 12:38
މެޗުގައި ލަނޑު ޖެހުމަށްފަހު ލީލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ލީލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
ދެ ވަނަ މެޗުގައި ޗެމްޕިއަން ރެއާލް ބަލިވެއްޖެ
މިހާތަނަށް ކުޅުނު ދެ މެޗުން ތިން ޕޮއިންޓާ އެކު ރެއާލް އޮތީ 17 ވަނައިގަ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ލީލްއާ ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑު ބަލިވެއްޖެ އެވެ.

ލީލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ރެއާލްގެ މައްޗަށް ކުރި ހޯދީ 1-0ންނެވެ. މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ރެއާލްގ ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ މޮޅުވެފަ އެވެ. ނަމަވެސް، ލީލް އަތުން ބަލިވެފައިވާއިރު، މިއީ 36 މެޗަށް ފަހު ރެއާލް ބަލިވި ފުރަތަމަ މެޗެވެ.

މެޗުގައި ލީލް އިން ލަނޑު ޖެހީ ވެސް ފުރަތަމަ ހާފުގަ އެވެ. އެއީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. އެ ޕެނަލްޓީ އަކީ ރެއާލްގެ އެޑުއާޑޯ ކަމަވިންގާ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ. އެ ޕެނަލްޓީ ދޭން ރެފްރީ ނިންމީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު އެވެ. ޕެނަލްޓީ ކާމިޔާބުކޮށް ލީލް އަށް ކުރި ހޯދައިދިނީ ޖޮނަތަން ޑޭވިޑް އެވެ.

މިހާތަނަށް ކުޅުނު ދެ މެޗުން ތިން ޕޮއިންޓާ އެކު ރެއާލް އޮތީ 17 ވަނައިގަ އެވެ. ދެ މެޗުން ތިން ޕޮއިންޓާ އެކު ލީލް އޮތީ 18 ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް