ކ. މާލެ
|
2 އޮކްޓޯބަރ 2024 | ބުދަ 19:59
ކްރިމިނަލް ކޯޓުގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް
ކްރިމިނަލް ކޯޓުގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް
މިހާރު
މަސްތުވާތަކެތީގެ މައްސަލަ
މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ ވިޔަފާރިކުރި 19 އަހަރުގު ޒުވާނަކު ބަންދަށް
މީނާ ހައްޔަރުކުރިތަނުން މަސްތުވާތަކެތި ފެނިފައިވޭ
ޓްރެފިކިންގ މިންގަނޑަށްވުރެ އިތުރަށް މަސްތުވާތަކެތި ފެނިފައިވޭ
މި މައްސަލައިގައި އިސްކޮށް އުޅޭ ފަރާތަށް އޭނާ ފައިސާގެ މުއާމަލާތްކޮށްފައިވާކަން އޭނާގެ ބޭންކް ސްޓޭޓްމަންޓުން ފާހަގަކުރެވޭ

މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ ވިޔަފާރިކުރި 19 އަހަރުގު ޒުވާނަކު ބަންދުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން އެދިގެން ކްރިމިނަލް ކޯޓުން ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ރ. މާކުރަތަށް ނިސްބަތްވާ 19 އަހަރުގެ ޒުވާނެކެވެ. އޭނާގެ ބަންދަށް ދީފައިވަނީ 15 ދުވަހުގެ މުއްދަތެކެވެ. އަދި ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ކަސްޓޯޑިއަލް ޖަލެއްގައެވެ.

އަމުރުކުރި ސަބަބެއްގެ ގޮތުގައި ބުނެފައިވަނި އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ގަރީނާ ހުށަހަޅާފައިވުމެވެ. އެގޮތުން ހެކި ގަރީނާގެ ގޮތުގައި ސީނަށް ދިޔަ ފުލުހުންގެ ބަޔާންތައް، ކުޑަކަމުދާތަކެތީގެ ރިޕޯޓް، ފޮޓޯ ރިޕޯޓް، މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓްތައް، ސީން އޮފް ކްރައިން އޮފިސަރސް ރިޕޯޓް، ރިންޓެލިޖެންސް ރިޕޯޓްތައް، އަދި އޭނާގެ ބޭންކް ސްޓޭޓްމަންޓް ވަނީ ހުށަހަޅާފައެވެ.

ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއްގެ ގޮތުގައި ބުނެފައިވަނީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖްރާއަތުގެ ގާނޫނޫގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާގެ (ކ) އަށް ރިއާޔަތްކޮށް، އޭނާ ބަންދުން ދޫކޮށްލައިފިނަމަ، މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި ކަމަށެވެ.

ފުލުހުން ބުނެފައިވަނީ މީނާ ހައްޔަރުކުރިތަނުން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އެގޮތުން ޓްރެފިކިންގ މިންގަނޑަށްވުރެ އިތުރަށް މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. މީގެ އިތުރުން އޭނާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން މި މައްސަލައިގައި އިސްކޮށް އުޅޭ ފަރާތަށް އޭނާ ފައިސާގެ މުއާމަލާތްކޮށްފައިވާކަން އޭނާގެ ބޭންކް ސްޓޭޓްމަންޓުން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި ތަހުގީގު މުއްދަތުވެސް 15 ދުވަހަށް ޕީޖީ އޮފީހުން އިތުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް