ކ. މާލެ
|
30 ސެޕްޓެންބަރ 2024 | ހޯމަ 10:59
މެޗުގައި ލަނޑު ޖެހުމަށްފަހު ކޮރެއާ އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ކޮރެއާ އުފާ ފާޅު ކުރަނީ
ރޮއިޓާސް
ސްޕެނިޝް ލީގު
އެތުލެޓިކޯއާ އެއްވަރުވެ ރެއާލުން ފުރުސަތު ނަގާލައިފި
ނަތީޖާ އާއެކު ރެއާލް ދެ ވަނައިގައި އޮތީ މިހާތަނަށް ކުޅުނު އަށް މެޗުން 18 ޕޮއިންޓު ހޯދައިގެންނެވެ.

ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑު އެއްވަރުވެއްޖެ އެވެ.

އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1ންނެވެ. މެޗުގައި ރެއާލް އިން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، ފަހު ވަގުތު އެތުލެޓިކޯ އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުން މޮޅުވެ އެއް ވަނައިގައި އޮތް ވާދަވެރި ބާސެލޯނާއާ ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަ ކުރުމުގެ ފުރުސަތު ވެސް ރެއާލަށް އޮތެވެ.

މެޗުގެ ދެ ވަނަ ހާފުގައި ރެއާލަށް ލީޑު ނަގައިދިނީ އެޑާ މިލިޓާއޯ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ އެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގައި އެތުލެޓިކޯ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް އެންހެލް ކޮރެއާާ އެވެ.

ނަތީޖާ އާއެކު ރެއާލް ދެ ވަނައިގައި އޮތީ މިހާތަނަށް ކުޅުނު އަށް މެޗުން 18 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ތިން ވަނައިގައި އެތުލެޓިކޯ އަށް ލިބެނީ 16 ޕޮއިންޓެވެ. އެއް ވަނައިގައި ބާސެލޯނާ އޮތީ 21 ޕޮއިންޓާ އެކު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް