ކ. މާލެ
|
26 ސެޕްޓެންބަރ 2024 | ބުރާސްފަތި 12:47
އެވިޑެންސް ފަސްޓް ރެސްޕޮންޑަރސް ޓްރެއިނިންގ ޕްރޮގްރާމު
އެވިޑެންސް ފަސްޓް ރެސްޕޮންޑަރސް ޓްރެއިނިންގ ޕްރޮގްރާމު
ޕޮލިސް
އިންޓަޕޯލް އީ-އެވިޑެންސް
އިންޓަޕޯލް އީ-އެވިޑެންސް ފަސްޓް ރެސްޕޮންޑަރސް ޓްރެއިނިންގ ޕްރޮގްރާމުގައި ފުރަތަމަ ފަހަރަށް ދިވެހި ފުލުހަކު ކިޔަވައިދީފި
ޗިލްޑްރެންސް ޕްރޮޓެކްޝަން ޑެސްކާއި ސައިބަރ ކްރައިމްގެ މައްސަލަތައް ތަހުގީގުކުރާ ފުލުހުން ބައިވެރިވޭ
ޓްރެއިނިންގގައި ކިޔަވައިދެއްވީ އެންޓި ސްކޭމް ރެޕިޑް ރެސްޕޮންސްގެ، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު

ފިލިޕީންސްގައި މިހާރު ކުރިއަށްދާ އިންޓަޕޯލް އީ – އެވިޑެންސް ފަސްޓް ރެސްޕޮންޑަރސް ޓްރެއިނިންގ ޕްރޮގްރާމުގައި ފުރަތަމަ ފަހަރަށް ދިވެހި ފުލުހަކު ކިޔަވައިދީފިއެވެ.

ފުލުހުން މައުލުމާތު ދޭ ގޮތުގައި މި ޓްރެއިނިންގގައި ކިޔަވައިދެއްވީ އެންޓި ސްކޭމް ރެޕިޑް ރެސްޕޮންސްގެ، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދުއެވެ. އެގޮތުން، އާދަމް ނަވީދު ދެ މޮޑިއުލްއެއް ކިޔަވައިދެއްވިއެވެ. އެއީ ”ކަލެކްޓިންގ އިލެކްޓްރޯނިކް އެވިޑެންސް” އަދި ”އިންޓަވިއު އެންޑް ޑޮކިއުމެންޓޭޝަން” މޮޑިއުލްއެވެ.

މި މަހުގެ 23ން 27ށް ކުރިއަށް ގެންދާ އިންޓަޕޯލް އީ – އެވިޑެންސް ފަސްޓް ރެސްޕޮންޑަރސް ޓްރެއިނިންގގައި، ސައިބަރ ކްރައިމްގެ މައްސަލަތައް ބަލާ ޕްރޮސެކިއުޓަރުންނާއި ނެޝަނަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުގެ މެމްބަރުންގެ އިތުރުން ފިލިޕީންސްގެ ފުލުހުން ވެސް ބައިވެރިވެއެވެ.

ފިލިޕީންސް ފުލުހުންގެ ތެރޭގައި، އެގައުމުގެ ރީޖަނަލް ސައިބަރ ކްރައިމް ޔުނިޓާއި، ވިމެން އެންޑް ޗިލްޑްރެންސް ޕްރޮޓެކްޝަން ޑެސްކާއި ސައިބަރ ކްރައިމްގެ މައްސަލަތައް ތަހުގީގުކުރާ ފުލުހުން ބައިވެރިވެއެވެ.

- ކޮމެންޓް