Advertisement
ކ. މާލެ
|
25 ސެޕްޓެންބަރ 2024 | ބުދަ 18:07
ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވާހަކަދައްކަވަނީ
ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ސިޔާސީ މަގާމުތަކުގެ ސިއްރު
މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދަކީ ދައުލަތުގެ ސިއްރެއް: މެންބަރު އަހުމަދު ދީދީ
މި ސަރުކާރުގެ ހަރަދު ކުޑަ ކުރުމުގެ އެއްވެސް ސިޔާސަތެއް ނެތް
ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދު ހޯދުމަށް އާރްޓީއައި ހުށަހެޅި ނަމަވެސް ޖަވާބެއް ނުލިބޭ
މިސަރުކާރުގެ ސިޔާސީ މަގާމުތައް 2500ށް ވުރެ އިތުރު ކަމަށް މައުލޫމާތު ލިބޭ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދަކީ ދައުލަތުގެ ސިއްރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ ރާއްޖެ އޮތީ އިގްތިސާދު ވަރަށް ބޮޑު އަނދަވަޅެއްގައި ކަމަށް ކަމަށް ބުނެ ސަރުކާރުގެ ހަރަދު ކުޑަ ކުރުމަށް ފިޔަވަޅުތަކެއް އަޅަމުން ގެންދާކަން މިސަރުކާރުން ހާމަކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް ހަރުދަނާ އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށާއި، މި ސަރުކާރުގެ ހަރަދު ކުޑަ ކުރުމުގެ އެއްވެސް ސިޔާސަތެއް ނެތް ކަމަށެވެ.

Advertisement

ހަރަދު ކުޑަކުރަންޖެހޭ ހާލަތްތަކުގައި އެގޮތަށް އަމަލުކުރަން ދިވެހި ރައްޔިތުންނަށް އެނގޭނެކަން ފާހަގަކުރައްވައި މެންބަރު އަހުމަދު ވިދާޅުވީ ވިދާޅުވީ ކޮވިޑް-19ގެ ދަތިހާލުގައި ވެސް ރައްޔިތުން ކަންކަން މެނޭޖްކުރި ކަމަށާއި، ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދިން ކަމަށެވެ. ނަމަވެސް މިއަދު ފެންނަމުންދަނީ އެ މަންޒަރު ނޫން ކަމަށާއި، މިސަރުކާރުގައި ރައްޔިތުން ބިކަ ކުރަމުންދާ ކަމަށެވެ. އެގޮތުން އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ސިޔާސީ ގިނަ ބޭފުޅުން މަގާމުތަކަށް ބޮޑު މުސާރާގައި އައްޔަން ކުރަމުންދާ ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވިއެވެ.

މެންބަރު އަހުމަދު ދީދީ ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ 700ށް ވުރެ ސިޔާސީ މަގާމުތައް އިތުރުނުކުރާނެ ކަމުގެ ވައުދުފުޅާއެކު ކަމަށާއި، ނަމަވެސް މިހާރު ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދު 2500ށް ވުރެ އިތުރު ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. އެ މައުލޫމާތުތައް ސިއްރު ކުރުމަށް މަސައްކަތް ކުރާ ކަމަށާއި، އާރްޓީއައި ހުށަހެޅި ނަމަވެސް ޖަވާބު ނުދޭ ކަމަށާއި، އެއީ ސްޓޭޓް ސީކްރެޓަކަށް ހަދާފައިވާ ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވިއެވެ.

މިއަދު މިފެންނަނީ ދިމާ އިދިކޮޅަށް. 700 ވަޒީފާ ނުދޭނަމޭ ބުނި ބޭފުޅުން މިހާރު 2500ށް ވުރެ ގިނަ ވަޒީފާ ދީފައިވާ ކަމަށް މަސްދަރުތަކުން ހާމަކުރޭ. އެހެންނަމަވެސް މި ބޭފުޅުން ވަޒީފާގެ އަދަދު ހާމަކުރަން ވެސް ދެކޮޅު. އެއީ ހަމަ ސްޓޭޓް ސީކްރެޓެއްގެ ގޮތުގައި މިހާރު ގެންގުޅެނީ ވެސް އާރްޓީއައި ލީ ކަމުގައި ވިޔަސް އެއަށް ވެސް ޖަވާބެއް ނުލިބޭ. ދެން ޖަވާބުގައި ދެނީ ތިޔަ އާރްޓީއައި މި އިދާރާއަށް ލިބިއްޖޭ. އެހާ ހިސާބުން ފުއްދާލަނީ .ހަރަދު ކުޑަކުރުމުގެ އެއްވެސް ސިޔާސަތެއް ނެތް. އާދައިގެ ސްޓާފުން ނޫނީ މުވައްޒަފުންތަކެއް ވަކިކޮށްގެން މަންޒަރު ދައްކަން މިއުޅެނީ ހަރަދު ކުޑަކުރަން ވެގެން ސްޓާފުން މި ކަނޑަނީއޭ. މުވައްޒަފުންތައް މަދުކުރަނީއޭ. މަދު މުސާރަ ލިބޭ މުވައްޒަފުންތަކެއް މަދުކޮށްފައި ސިޔާސީ އިތުރު އެތައް ބަޔަކު ލާ. ކަނޑާއަދަދަށްވުރެ ބޮޑަށް ވަޒިފާ ދޭ،. ވަޒީފާ ދޭމީހުންގެ މުސާރަ ބޮޑު. 8000 ރުފިޔާ ދޭ 10 މުވައްޒަފުން ކަނޑާލާފައި 30،000 މުސާރަ ހަތަރު ފަސް ބޭފުޅުން އެބަ ލާ. އެހެންވީމަ ކިހިނެތްތޯ ހަރަދު ކުޑަވާނީ.
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ

އެމްޑީޕީގެ ސަރުކާރަކީ މަތިބަރު ސަރުކާރެއް ކަމަށް ރައީސް މުއިއްޒުގެ ސަރުކާރުގެ ބޭފުޅުން ވިދާޅުވާތީ އެކަމަށް ރައްދު ދެއްވައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ މިއަދު ރައްޔިތުންނަށް މަތި ބަރު ސަރުކާރު ފެނިފައިވާ ކަމަށެވެ. ރައްޔިތުންނަށް ދޮގުހަދައި، އޮޅުވާލުމަށް މަސައްކަތް ކުރަނީ ކޮން ސަރުކާރަކުން ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
- ކޮމެންޓް