ކ. މާލެ
|
24 ސެޕްޓެންބަރ 2024 | އަންގާރަ 23:08
އުރީދޫއިން ކޮންމެ 3 ދުވަހަކުން ސައިކަލެއް ލިބޭ ޕްރޮމޯޝަނެއް
އުރީދޫއިން ކޮންމެ 3 ދުވަހަކުން ސައިކަލެއް ލިބޭ ޕްރޮމޯޝަނެއް
އުރީދޫ
އުރީދޫ ސައިކަލް ޕްރޮމޯޝަން
އުރީދޫ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ކޮންމެ ތިން ދުވަހަކުން އަގުހުރި އާ ސައިކަލެއް
މިއަހަރުގެ 31 ޑިސެމްބަރު 2024 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ކަސްޓަމަރުންނަށް ކޮންމެ ތިން ދުވަހަކުން ސައިކަލެއް ކާމިޔާބު ކުރުމުގެ ފުރުސަތު އޮންނާނެއެވެ.

އުރީދޫ މޯލްޑިވްސްއިން މިހާރު ކުރިއަށްގެންދާ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ކޮންމެ ތިން ދުވަހަކުން އަގުހުރި އާ ސައިކަލެއް ލިބޭ ޕްރޮމޯޝަނެއް އުރީދޫ މޯލްޑިވްސްއިން ތައާރަފުކޮށްފިއެވެ.

އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގެ 60 އިންސައްތަ ކަވަރުކުރާ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު 5ޖީ ނެޓްވޯކެވެ. މިއަހަރުގެ 31 ޑިސެމްބަރު 2024 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ކަސްޓަމަރުންނަށް ކޮންމެ ތިން ދުވަހަކުން ސައިކަލެއް ކާމިޔާބު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

ލިބޭ ސައިކަލުތަކުގެ ތެރޭގައި

  • އެއާ ބްލޭޑް 125 ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)
  • އެއާ ބްލޭޑް 160 ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)
  • ޕީސީއެކްސް 160 (ކަޅު ކުލަ)

މި ޕްރޮމޯޝަނުގެ އެންމެ އަގުހުރި އިނާމެއްގެ ގޮތުން ނަސީބުވެރި ފަރާތަކަށް 2024 ވަނަ އަހަރުގެ ރެބެލް 300 (ކަޅު) ސައިކަލެއް ލިބިގެންދާނެއެވެ.

ޕްރޮމޯޝަނުގައި ބައިވެރިވުމަށް:

  • އުރީދޫ ކަސްޓާމަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250ރ އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން
  • އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ޚިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން
  • އުރީދޫގެ އެކްޓިވް ކަސްޓަމަރަކަށްވުން.

މި ޕްރޮމޯޝަނަކީ އުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް ހަލުވި ސްޕީޑާއި ލެޓެންސީ ދަށްކޮށް، ކަނެކްޓިވިޓީ އިތުރުކޮށްދޭ އުރީދޫގެ ޒަމާނީ 5ޖީ ޓެކްނޮލޮޖީ ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް