Advertisement
ކ. މާލެ
|
24 ސެޕްޓެންބަރ 2024 | އަންގާރަ 13:00
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ
ދައުރު
ވަޒީފާއިން ވަކިކުރުން
ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން އެމްޑީޕީން ނިންމައިފި
ސަރުކާރަށް ނުވަތަ ރައީސް މުއިއްޒަށް ތާއީދުނުކުރާ މުވައްޒަފުންނަށް ސިޔާސީ ގޮތުން ބިރުދައްކައި، ސިޔާސީ ސަބަބުތަކަށްޓައި ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް އެހީތެރިވުމަށް ވަނީ ނިންމާފައި
އެހީތެރިކަން ބޭނުންވާ ފަރާތްތަކުން، ވަޒީފާއާ ގުޅޭ އެންމެހައި މަޢުލޫމާތު ވީ އެންމެ އަވަހަކަށް އެ ޕާޓީން ދީފައިވާ އީމެއިލް އެޑްރެހަށް ނުވަތަ ވައިބަރ ނަންބަރަށް ފޮނުވުމަށް ވަނީ އެދިފައި

ޤާނޫނާ ހިލާފަށް ވަޒީފާތަކުން ވަކި ކުރާ ފަރާތްތަކަށް ޤާނޫނީ އެހީތެެރިކަން ދިނުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނިންމައިފިއެވެ.

އެމްޑީޕީ އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރުގެ ކުންފުނިތަކާއި، ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ސަރުކާރަށް ނުވަތަ ރައީސް މުއިއްޒަށް ތާއީދުނުކުރާ މުވައްޒަފުންނަށް ސިޔާސީ ގޮތުން ބިރުދައްކައި، ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާތަކުން ވަކިކުރަމުންދާތީ އެކަމުގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމުގައި އެ މުވައްޒަފުންނަށް އެހީތެރިވުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން، އެ ޕާޓީގެ ގާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން، ވަޒީފާއާ ގުޅޭ އެންމެހައި މަޢުލޫމާތު ވީ އެންމެ އަވަހަކަށް އެ ޕާޓީން ދީފައިވާ އީމެއިލް އެޑްރެހަށް ނުވަތަ ވައިބަރ ނަންބަރަށް ފޮނުވުމަށް އެދިފައިވެއެވެ.

Advertisement

އެމްޑީޕީ އިން މިފަދައިން ނިންމާފައި މިވަނީ، ފަހަކަށް އައިސް ސަރުކާރުގެ ބައެއް މުއައްސަސާތަކުން މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިގޮތުން، ދާދި ފަހުން އައްޑޫ ސިޓީ މަރަދޫފޭދޫ ފެނަކަ ޕްރޮޖެކްޓުގައި މަސައްކަތް ކުރުމަށް ކުރީ ސަރުކާރުން ނަގާފައި ތިބި 24 މުވައްޒަފަކު ކުއްލި ގޮތަކަށް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އަދި ތިނަދޫއިން 35 މުވައްޒަފުންނާއި އަލިފުށީ އާރުޑީސީގައި މަސައްކަތްކުރާ 22 މުވައްޒަފަކު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

އެހެންނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގައި އެއްވެސް ފަރާތެއް ވަޒީފާއިން ވަކި ނުކުރާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވާކަން ފާހަގަކުރެވެއެވެ. މިކަމާ ގުޅިގެން ސަރުކާރުން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް