Advertisement
ކ. މާލެ
|
23 ސެޕްޓެންބަރ 2024 | ހޯމަ 12:47
އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ ވާހަކަދައްކަވަނީ
އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ ވާހަކަދައްކަވަނީ
އެމްޑީޕީ
ރާއްޖޭގެ ތަރައްގީ
މުޅި ރާއްޖެއަށް ދެމެހެއްޓެނިވި ތަރައްގީ ގެނެސްދިނީ ކުރީގެ ރައީސް ސާލިހުގެ ސަރުކާރުން: ޑރ.ޑީޑީ
މި ސަރުކާރުގެ 10 މަސް ފާއިތުވެގެންދިޔައިރު ތަރައްގީގެ އެއްވެސް ކުލަވަރެއް ފެނިފައިނުވޭ
މާލީ ގޮތުން ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިކޮށްފައިވޭ
މި ސަރުކާރުން ކުރަމުންދަނީ ހުދުމުހުތާރު ވެރިކަމެއް

ދިވެހިރާއްޖެއަށް ދެމެހެއްޓެނިވި ތަރައްގީ ގެނެސްދިނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ކަމަށާއި، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންދަނީ ހުދުމުހުތާރު ވެރިކަމެއް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ (ޑރ.ޑީޑީ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޑރ.ޑީޑީ ވިދާޅުވީ މިސަރުކާރުގެ ފުރަތަމަ 10 މަހާއި، ކުރީގެ ސާލިހުގެ ވެރިކަމުގެ ފުރަތަމަ 10 މަސް ރައްޔިތުން އަޅާކިޔާލުމުން ފަރަގު ފެންނާނެ ކަމަށެވެ. ރައީސް ސާލިހުގެ ސަރުކާރުގައި މުޅި ރާއްޖޭގައި ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އެތަރައްގީ ފެނިގެންދިޔަ ކަމަށެވެ. މާލެސިޓީގެ އިތުރުން އެންމެ އާބާދީ ބޮޑު ސިޓީއަކީ އައްޑޫ ސިޓީކަން ފާހަގަކުރައްވައި ޑރ.ޑީޑީ ވިދާޅުވީ އައްޑޫގެ ޗާޓު ބަދަލުކޮށްފައިވަނީ ރައީސް ސާލިހުގެ ސަރުކާރުގެ ތަރައްގީން ކަމަށެވެ.

Advertisement

ނަމަވެސް މި ސަރުކާރުގެ 10 މަސް ފާއިތުވެގެންދިޔައިރު ތަރައްގީގެ އެއްވެސް ކުލަވަރެއް ފެނިފައިނުވާ ކަމަށާއި، މާލީ ގޮތުން ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިކޮށްފައިވާ ކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ.ޑީޑީ ވިދާޅުވީ މިސަރުކާރުން ކުރަމުންދަނީ ހުދުމުހުތާރު ވެރިކަމެއް ކަމަށާއި، އެކަންކަން މިހާރު ފެންނަމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ތާރީހުގައި ވެސް އެއްވެސް ސަރުކާރަކުން ނުފޫޒު ނުފޯރުވާ މިނިވަން މާލީ މުއައްސަސާތަކަށް މިސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވަމުންދާ ކަމަށް ޑރ.ޑީޑީ ތުހުމަތު ކުރެއްވިއެވެ. ޑރ.ޑީޑީ ވިދާޅުވީ އެމްއެމްއޭ އަދި ބީއެމްއެލްގެ ބޯޑަށް ސިޔާސީ ބޭފުޅުން އައްޔަންކޮށް، ދެ މުއައްސަސާގެ ސިޔާސަތުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

މާލީ ނުތަނަވަސްކަން މިހައި ބޮޑަށް އޮއްވާ ސިޔާސީ މަގާމުތައް އިތުރު ކުރައްވައި ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ވެސް 50،000 ރުފިޔާ މަދުވެގެން 75،000 ރުފިޔާ ރިޝްވަތުގެ ހުތުރުފައިސާ ރައީސް ޑރ.މުހައްމަދު މުއިއްޒު އެބޭފުޅަށް ދެއްވާ ކަމުގެ ތުހުމަތު ދިވެހިރައްޔިތުންނަށް ވަރަށް ސާފުކޮށް ފެންނަން މިއޮތީ. އަދި އެކަންތައްތައް ހިނގާ ނުހިނގާގޮތް ބެލި ނޫސްވެރިޔާ ދޭތެރޭގައި ފިޔަވަޅު އަޅުއްވާ ވާހަކަ މައުލޫމާތު ލިބެނީ. މިދަރަޖައަށް ކަންތައްތައް ގެންދަވާ ސަބަބަކީ ހުދުމުހުތާރު ވެރިކަމެއްގެ ބިންގާއަޅުއްވައިގެން އެމަގުން ކުރިއަށްދާ ކަމުގެ ހެލި ދަލީލު އެނގޭތޯ
އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ

ޑރ.ޑީޑީ ވިދާޅުވީ މިސަރުކާރުން މަސައްކަތް ކުރަނީ ހުރިހާ ދިމާލަކަށް ނުފޫޒު ފޯރުވުމަށް ކަމަށެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި، ރައްޔިތުން މިކަމަށް އިތުރަށް ހޭލުންތެރިވެ ހޭލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ހުދުމުހުތާރު ވެރިކަމެއް ކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް