ކ. މާލެ
|
24 ސެޕްޓެންބަރ 2024 | އަންގާރަ 09:42
އަނިޔާގެ ސަބަބުން ސްޓޭގެން ދަނޑުން ބާލަނީ
އަނިޔާގެ ސަބަބުން ސްޓޭގެން ދަނޑުން ބާލަނީ
ރޮއިޓާސް
ބާސެލޯނާ
ސްޓެގެންގެ އަނިޔާ ސީރިއަސް، އަށް މަސް ވަންދެން ކުޅުމާ ދުރަށް
މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ސްޓެގެންގެ ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާ ސީރިއަސް ވެއްޖެ ނަމަ، ސީޒަންގެ ބާކީ ބައި އޭނާ އަށް ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ބާސެލޯނާގެ އެއް ނަންބަރު ގޯލު ކީޕަރު، ޖަރުމަނުގެ މާކް އަންދްރޭ ޓާ ސްޓެގެން އަށް ލިބުނު އަނިޔާ ސީރިއަސްވެ، ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ވިޔަރެއާލްއާ ދެކޮޅަށް ކުޅުނު މެޗުގައި ސްޓެގެން އަށް ވަނީ އަނިޔާވެފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ސްޓެގެން އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ވަނީ ބަދަލު ވެސް ކޮށްފަ އެވެ. އަނިޔާ އާއެކު، ސްޓެގެން ދަނޑުން ބާލަން ޖެހުނީ ވެސް އަށިގަނޑުގެ އެހީތެރިކަމާއެކު އެވެ. އަދި އެއަށްފަހު އިތުރު ފަރުވާ ދިނުމަށް ސްޓެގެން ވަނީ އެމްބިއުލާންސްގައި ވަގުތުން ހޮސްޕިޓަލަށް ވެސް ގެންގޮސްފަ އެވެ.

ވިޔަރެއާލްއާ ދެކޮޅަށް ބާސެލޯނާ އިން ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުން އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނީ، އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި ސްޓެގެން އަށް ލިބުނު އަނިޔާ ސީރިއަސް ވުމަކީ އެކަށީގެންވާ ކަމެކެވެ. އެކަން ދެނެގަތުމަށްޓަަކައި ސްޓެގެންގެ މެޑިކަލް ކަންކަން ކުރިއަށް ގެންދާނެ ކަމަށާއި، ވަކި އެއްޗެއް ބުނަން އިނގޭނީ އެއަށްފަހު ކަމަށް ވެސް ފްލިކް އޮތީ ބުނެފަ އެވެ.

ބާސެލޯނާގެ މެޑިކަލް ޓީމުން ހާމަކޮށްފައިވާ ގޮތުގައި ސްޓެގެންގެ ކަނާތު ފައިގެ ކަކުލަށް ވަނީ އަނިޔާވެފަ އެވެ. ބާސެލޯނާ އިން ބުނެފައި ވަނީ ސްޓެގެންގެ ކަނާތު ފައިގެ ކަކުލުން ބައެއް ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ސްޓެގެން ސަޖާރީއެއް ކުރަން ޖެހޭއިރު، އެކަން ކުރިއަށް ދާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އެއާއެކު، ބާސެލޯނާގެ މެޑިކަލް ޓީމުން އަންދާޒާ ކުރާ ގޮތުގައި ގާތް ގަނޑަށް ހަތެއް ނުވަތަ އަށް މަސް ދުވަހުގެ މުއްދަތަކަށް ސްޓެގެން ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ.

ސްޓެގެން އަށް އަނިޔާވީ ބާސެލޯނާގެ އޭރިޔާ ތެރެއިން އައި ބޯޅައެއް ދިފާާއު ކުރަން އުޅުމުގެ ތެރޭގަ އެވެ. ސްޕެނިޝް ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް މޮޅުވެ ބާސެލޯނާ އެއް ވަނައިގައި އޮތްއިރު، ސްޓެގެން އަންނަނީ އެ ޓީމުގައި މުހިންމު ދައުރެއް އަދާ ކުރަމުންނެވެ. އޭނާ އަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހުމަކީ ބާސެލޯނާ އަށް ކުރިމަތިވާނެ ގޮންޖެހުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް