Advertisement
ކ. މާލެ
|
23 ސެޕްޓެންބަރ 2024 | ހޯމަ 00:02
ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ ވާހަކަދައްކަވަނީ
ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ރާއްޖެ-އިންޑިޔާ ގުޅުން
މި ސަރުކާރުން ހެޔޮ ނިޔަތެއް އޮވެގެން އިންޑިޔާއެކު މަސައްކަތެއް ނުކުރާނެ: ޑރ.ޑީޑީ
ރައްޔިތުންނަށް އިންޑިޔާއާ ގުޅޭގޮތުން ނުރަނގަޅު މައުލޫމާތުދީފައިވޭ
އިންޑިޔާގެ އެހީތެރިކަން ހޯދަމުންދަނީ ގޮތް ހުސްވެ އެއްވެސް ގައުމަކުން އެހީތެރިކަން ނުލިބުމުން
އިންޑިޔާއާ ރާއްޖެ އޮތް ޒަމާންވީ ގުޅުން ހީނަރު ކުރީ މި ސަރުކާރުން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން އިންޑިޔާ ސަރުކާރުގެ އެހީތެރިކަން ހޯދަމުންދަނީ އިންޑިޔާއާއެކު ގާތްގުޅުމެއް ބޭއްވުމުގެ ހެޔޮ ނިޔަތުގައި ނޫން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ (ޑރ.ޑީޑީ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޑރ.ޑީޑީ ވިދާޅުވީ މިއަދުގެ ރައީސް މުއިއްޒަކީ އިންޑިޔާ އައުޓް ކެންޕޭންގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި، މިސަރުކާރުގެ ބޭފުޅުންނަކީ އިންޑިޔާއާ ގުޅޭގޮތުން ހަގީގަތާ ހިލާފު ގިނަ ވާހަކަތައް ދައްކައި ރައްޔިތުންނަށް އިންޑިޔާއާ ގުޅޭގޮތުން ނުރަނގަޅު މައުލޫމާތުދީފައިވާ ކަމަށެވެ. އަދި ރައީސް މުއިއްޒު އިންޑިޔާއާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުތަކަކީ ދޮގުކަން މިއަދު ހާމަވަމުންދާ ކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ.

Advertisement

ޑރ.ޑީޑީ ވިދާޅުވީ ރައީސް މުއިއްޒު ހުވައި ކުރައްވައި ގައުމާ މުޚާތަބު ކުރެއްވިއިރު ވެސް އިންޑިޔާއަށް ބަހުގެ ހަމަލާތައް އަމާޒު ކުރެއްވި ކަމަށެވެ. މިއަދު މިސަރުކާރަށް ގޮތް ހުސްވުމުން ވެލްކަމް އިންޑިޔާ ކެންޕޭން ކުރިއަށް ގެންދިޔަ ނަމަވެސް އެކަމާ ސުވާލު އުފެދޭ ކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ.

ރާއްޖެއާއި އިންޑިޔާއަކީ ޒަމާނުއްސުރެ ގާތްގުޅުމެއް އޮތް ދެގައުމުކަން ފާހަގަކުރައްވައި ޑރ.ޑީޑީ ވިދާޅުވީ އިންޑިޔާއާ އޮތް ގުޅުން ހީނަރުކޮށްލީ މިސަރުކާރުން ކަމަށާއި، އެކަމުގެ ގެއްލުން ރާއްޖޭގެ ރައްޔިތުންނަށް ލިބުނު ކަމަށެވެ. މިސަރުކާރުން އިންޑިޔާއާ މިހާރު ގާތް ގުޅުމެއް އުފެއްދުމަށް މަސައްކަތް ކުރަނީ ގޮތް ހުސްވެ، ބޭރުގެ އެއްވެސް ގައުމަކުން އެހީތެރިކަން ނުލިބި ރާއްޖެ ބަގުރޫޓްވާ ހިސާބަށް ދިއުމުން ކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިސަރުކާރުން އިންޑިޔާއެކު ގާތް ރަހުމަތްތެރިކަމުގެ ގުޅުމެއް އުފެއްދުމުގެ ހެޔޮ ނިޔަތުގައި މަސައްކަތް ނުކުރާނެ ކަަމަށެވެ.

އިންޑިއާއަށް ވަރަށް ފާޑުކިޔުންތައް އަމާޒުކުރެއްވި އެމަނިކުފާނުގެ ތަގުރީރުގައި. ހުވާ ކުރެއްވި ދުވަހު ވެސް. އެހެންނަމަވެސް މިއަދު މުޅިން އެހެން މަންޒަރެއް ފެންނަނީ. އިންޑިއާ ވެލްކަމް ކެންޕޭނެއް ފައްޓަވާފައި އުޅުއްވާ މަންޒަރު އެބޭފުޅުންގެ ސީނިއާ ބޭބޭފުޅުންގެ ފަރާތްޕުޅުން ވެސް ފެނިގެން އެބަ ދޭ. އެހެންވީމަ ހަގީގަތަކީ ރައްޔިތުންނަށް ވަރަށް ބޮޑު އޮޅުވާލުމާ ކަނޑައެޅިގެން ބުހުތާނު ދޮގުތަކެއް ހެއްދެވިތަން އަމިއްލަފުޅަށް އިއުތިރާފްވަމުންދާ މަންޒަރު މިފެނިގެންދަނީ. ހަމައެއާއެކު މިއަދު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ބޭފުޅުންގެ ކިބައިގައި އެއްވެސް ކަހަލަ ހަރުދަނާ ސިޔާސަތުތަކެއް ނުވަތަ ވެރިކަން އެ ވައުދާ އެއްގޮތަށް ކުރިއަށް ގެންދިއުމުގެ ކެޕޭސިޓީއެއް ނެތި އިންޑިއާގެ ފައިބުޑަށް ހަމަ ވެއްޓޭ ހާލަތުގައި. އާދައިގެ ބަހުން ދަންނަވާނަމަ އިންޑިއާގެ ފައިބުޑަށް ވެއްޓިގެން މިއަދު ސަރުކާރު އެއޮތީ. އެއްވެސް ކަހަލަ އިހުލާސްތެރިކަމެއް ހުރެގެން ނޫން. އިތުރު އެހެން އެއްވެސް ގޮތެއް ނެތި ރާއްޖޭގެ އިގްތިސާދު ހަމަ ބަގުރޫޓްވުމާ ހަމައަށް ގޮސްފައި އޮތުމުން ދިމާވެގެން އުޅޭ ކަންތަކެއް ގޮތުގައި އަޅުގަނޑަށް ފާހަގަވަނީ.
އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ (ޑރ.ޑީޑީ)

ޑރ.ޑީޑީ ވިދާޅުވީ އިންޑިޔާގެ މައްސަލާގައި މި ސަރުކާރުގެ ބޭފުޅުންގެ މެދުގައި މިހާރު ވެސް ހިޔާލު ތަފާތުވުންތައް އުފެދިފައިވާ ކަމަށާއި، އިންޑިޔާއިން ކޮށްދޭ ކަންކަމުގައި ޝުކުރުގެ ބަހެއް އެބޭފުޅުން ނުބުނާ ކަމަށެވެ. އެއީ އެންމެ ގަދައަށް އިންޑިޔާ އައުޓް ކެންޕޭންގެ ހަރަކާތްތަކުގައި އުޅުނު ބޭފުޅުން ކަަމަށް އޭނާ ވިދާޅުވިއެވެ.

ޑރ.ޑީޑީ ވިދާޅުވީ ރާއްޖެއަށް މާލީ ގޮތުން އެންމެ ދަތިވެ އުދަނގޫވި ދުވަސްވަރު ވެސް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެނީ އިންޑިޔާއިން ކަމަށާއި، އެކަން މިއަދު ސާބިތުވަމުންދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް