ކ. މާލެ
|
21 ސެޕްޓެންބަރ 2024 | ހޮނިހިރު 08:28
ލަންކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލާ މަރުކަޒެއްގެ ކައިރީގައި ފުލުހުން ފޯރިމަރަނީ
ލަންކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލާ މަރުކަޒެއްގެ ކައިރީގައި ފުލުހުން ފޯރިމަރަނީ
ރޮއިޓާސް
ލަންކާ އިންތިޚާބު
ސްރީ ލަންކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފެށިއްޖެ
އިންތިޚާބުގައި 13،400 ށް ވުރެ ގިނަ ވޯޓުފޮށި ވަނީ ބެހެއްޓިފައެވެ. މި އިންތިޚާބުގައި ޙައްޤު ލިބިފައިވާ 17 މިލިއަންއަށް ވުރެ ގިނަ މީހުންނަށް ވޯޓުލެވޭނެއެވެ.

ސްރީލަންކާގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުން ހޮނިހިރު ދުވަހު ހެދުނު ފެށިއްޖެއެވެ.

މިއީ 2022 ގައި އެ ޤައުމަށް ދިމާވި އެންމެ ބޮޑު އިޤްތިޞާދީ ހީނަރުކަމަށްފަހު ބޭއްވޭ ފުރަތަމަ ބޮޑު އިންތިޚާބެވެ.

އިންތިޚާބުގައި 13،400 ށް ވުރެ ގިނަ ވޯޓުފޮށި ވަނީ ބެހެއްޓިފައެވެ. މި އިންތިޚާބުގައި ޙައްޤު ލިބިފައިވާ 17 މިލިއަންއަށް ވުރެ ގިނަ މީހުންނަށް ވޯޓުލެވޭނެއެވެ.

އިންތިޚާބުގެ ކަންކަން ހިންގުމަށް 200،000 އަށްވުރެ ގިނަ އޮފިޝަލުން ވަނީ ހަމަޖައްސާފައެވެ. އަދި 63،000 ފުލުހުން އިންތިޚާބުގެ ސަލާމަތީ ކަންކަން ގެންދަނީ ބަލަހައްޓަމުންނެވެ. ވޯޓުލުން ފެށުނީ ހެނދުނު 7 ޖެހިއިރުއެވެ. ހަވީރު 5 ޖަހަންދެން ވޯޓުލުން ކުރިއަށްދާނެއެވެ. ނަތީޖާ އާދީއްތަ ދުވަހު އިޢުލާން ކުރެވޭނެކަމަށް ބެލެވެއެވެ.

38 ކެންޑިޑޭޓުން އިންތިޚާބުގައި ވާދަ ކުރާއިރު، އުމުރުފުޅުން 75 އަހަރުގެ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންގެ ވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އަލުން ރައީސްކަމަށް ކުރިމަތިލައްވާފައެވެ. އޭނާގެ ކެމްޕޭން ބިނާވެފައިވަނީ އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށް އޭނާ ކުރެއްވި މަސައްކަތުގެ ކާމިޔާބީގެ މައްޗަށެވެ.

އިންތިޚާބުގައި ވިކްރަމަސިންހަ އާ އެންމެ ބޮޑަށް ވާދަކުރާ ދެ ކެންޑިޑޭޓުންނަކީ ނެޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) ގެ އުމުރުން 56 އަހަރުގެ އަނުރާ ކުމާރާ ޑިސަނަޔަކަ އާއި ސަމަގި ޖަނަ ބަލަވޭގަޔާ (އެސްޖޭބީ) ޕާޓީގެ އުމުރުން 57 އަހަރުގެ ސަޖިތު ޕްރެމަދާސާ އެވެ. ޕްރެމަދާސާއަކީ ލަންކާގެ މިހާރުގެ ސިޔާސީ އިދިކޮޅު ލީޑަރެވެ.

މިފަހަރުގެ އިންތިޚާބުގައި މައިގަނޑު ތިން ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓެއްގެ މައިގަނޑު އެޖެންޑާގައި ތަމަޅައިގެ މައްސަލަ ހިމަނާފައެއް ނުވެއެވެ. އޭގެ ބަދަލުގައި ޤައުމުގެ ވީރާނާވެފައިވާ އިޤްތިޞާދާއި އެކަމުން އަރައިގަތުމުގެ މައްސަލަ އަށް ވަނީ ހުރިހާ ކެންޑިޑޭޓުންވެސް ބޮޑު އިސްކަމެއް ދީފައެވެ. މައި ތިން ކެންޑިޑޭޓުންވެސް ވަނީ އައިއެމްއެފްގެ ބޭލްއައުޓް ރިފޯމްތަކާއެކު ދެމިތިބޭނެކަމަށް ވަޢުދުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް