ކ. މާލެ
|
21 ސެޕްޓެންބަރ 2024 | ހޮނިހިރު 00:40
އުދަބާނި 2 ޕްރިމިއަރ ނައިޓްގެ ތެރެއިން
އުދަބާނި 2 ޕްރިމިއަރ ނައިޓްގެ ތެރެއިން
ރާއްޖެއެމްވީ
އުދަބާނި 2
"އުދަބާނި 2"ށް ބޮޑު ތަރުހީބެއް
އަމްޖޭ އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2018 ގެ ބިރުވެރި ފިލްމު "ރޭވުމުން" އެވެ. އެހެންކަމުން އަމްޖަދުގެ ޑައިރެކްޝަން އެއް ފެނިގެން ދިއުމަށް އެދިގެން ތިބި ދިވެހިންނަށް ވެސް މިއީ ވަރަށް ރަނގަޅު ފުރުސަތަކަށް ވެގެންދާނެއެވެ.

ގިނަބައެއް އިންތިޒާރުކުރަމުން އަންނަ ދިވެހި ފިލްމު އުދަބާނި 2ގެ ފުރަތަމަ ޝޯއަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

އުދަބާނީގެ ކާމިޔާބީއަށްފަހު އުދަބަނީ 2 އާންމުންނާ ހަމައަށް ގެނެސްދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން ފިލްމު ޕްރިމިއަރކޮށްފައިވަނީ ބުރާސްފަތި ދުވަހުގެރޭ އޮލިމްގަހުގައެވެ. ރެޑް ކާޕެޓް އިވެންޓާއެކު ފުރަތަމަ ޝޯ ދެއްކި އިރު ހައުސް ފުލްއެވެ.

މަގްބޫލް ގިނަ ތަރިންތަކެއް ފެނިގެންދާ މި ފިލްމު ބެލުންތެރިންނާއި ހަމައަށް ގެނެސްދިނުމަށް އުދަބާނި ޓީމުން ވަރަށް ބުރަ މަސައްކަތްކޮށްފައިވެއެވެ. ހާމިދު އަލީ ޕްރޮޑިއުސްކޮށް އަމްޖަދު ޑައިރެކްޓް ކުރި މި ފިލްމަކީ އަސަރުގަދަ ލޯބީގެ ބިރުވެރި ވާހަކައަކަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

މި ފިލްމުން ފެނިގެންދާ ތަރިންގެ ތެރޭގައި އަހުމަދު އީސާ (އާނަންދު)، އާމިނަތު ސުހާ، އަލީ އާޒިމް (ދޮން އައްޔަ)، ނަތާޝާ، ޝަމީލް، މަރްޔަމް ހަލީމް، ޝަކީލާ ފަދަ ކުޅަދާނަ ފަންނާނުން ހިމެނެއެވެ.

އަމްޖޭ އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2018 ގެ ބިރުވެރި ފިލްމު "ރޭވުމުން" އެވެ. އެހެންކަމުން އަމްޖަދުގެ ޑައިރެކްޝަން އެއް ފެނިގެން ދިއުމަށް އެދިގެން ތިބި ދިވެހިންނަށް ވެސް މިއީ ވަރަށް ރަނގަޅު ފުރުސަތަކަށް ވެގެންދާނެއެވެ.

އުދަބާނި 2 ގެ ޓިކެޓް ވިއްކަމުން އަންނަ އިރު، ޑިމާންޑް އިތުރުވެ، އޮންލައިންކޮށް ބުކިން ހެދުން ވަނީ މަޑުޖައްސާލާފައެވެ. އަދި ޓިކެޓް ގަންނަން ބޭނުންވާ ފަރާތްތަކުން އޮލިމްޕަސް ކައުންޓަރުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން ފެށިގެން ރޭގަނޑު 10:30 އަދި ހުކުރު ދުވަހު މެންދުރު 2:00ން ފެށިގެން ރޭގަނޑު 10:30ށް ޓިކެޓް ލިބެން ހުންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް