Advertisement
ކ. މާލެ
|
19 ސެޕްޓެންބަރ 2024 | ބުރާސްފަތި 14:37
މީހަކު ރަހީނުކޮށް މަސްތުވާތަކެތީގެ ވިޔަފާރި އޭނާ ލައްވާ ކުރުވި މައްސަލައިގައި ހައްޔަރުކުރި 5 މީހުން
މީހަކު ރަހީނުކޮށް މަސްތުވާތަކެތީގެ ވިޔަފާރި އޭނާ ލައްވާ ކުރުވި މައްސަލައިގައި ހައްޔަރުކުރި 5 މީހުން
ރާއްޖެއެމްވީ
މީހަކު ރަހީނުކުރުން
މީހަކު ރަހީނުކުރި މައްސަލައިގައި ތުހުމަތުވާ ސިފައިންގެ އޮފިސަރުން ސަސްޕެންޑް ކޮށްފި
އެމީހުންގެ މައްސަލަ ތަހުގީގު ކުރަމުންދާތީ ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދޭ
މި މައްސަލައިގައި އަނިޔާ ލިބިފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނަކަށް

މީހަކު ރަހީނުކޮށް އޭނާލައްވާ މަސްތުވާތަކެތި ވިއްކާ އިނގިލި ބުރިކޮށްލި މައްސަލައިގައި ތުހުމަތުވާ އެމްއެންޑީއެފްގެ ދެ އޮފިސަރުން ސަސްޕެންޑް ކޮށްފިއެވެ.

އެކަން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވަނީ ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދެއްވާފައެވެ. އެގޮތުން އެ ދެމީހުން ހައްޔަރުކޮށް އެމީހުންގެ މައްސަލަ ތަހުގީގު ކުރަމުންދާތީ ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

Advertisement

2024 މެއި 25 ވަނަ ދުވަހުން ފެށިގެން 2024 ޖޫން 25 ވަނަ ދުވަހާއި ހަމައަށް މަލޭގެ ގެއެއްގެ ތެރޭގައި ހުއްދަ ނޫން ގޮތުގައި މީހަކު ހިފަހައްޓައި، އޭނާއަށް ބިރުދައްކައި އޭނާއަށް މަޖުބޫރުކުރުވައިގެން އޭނާލައްވާ މަސްތުވާތަކެތީގެ ވިޔަފާރި ކުރުވައި، އޭނާއާއި މެދު މާރާމާރީ ހިންގައި، އޭނާއަށް ޖިސްމާނީގޮތުން ބޮޑެތި އަނިޔާތައްދީ އޭނާގެ ވާތު ކުޑަވައި ބުރިކޮށްލާފައިވާ މި މައްސަލަހާމަ ކުރީފުލުހުން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެބައްދަލުވުމުގައެވެ.

އަދި މި މައްސަލައިގައި އަނިޔާ ލިބިފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި، އޭނާއަށް ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ދީފައިވާކަމަށް އޭނާގެ ހަށިގަނޑު ބެލިބެލުމުން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް