Advertisement
ކ. މާލެ
|
19 ސެޕްޓެންބަރ 2024 | ބުރާސްފަތި 16:35
މާލޭގެ އިމާރާތެއްގެ މަތީގައި ސޯލާ ހަރުކުރަނީ
މާލޭގެ އިމާރާތެއްގެ މަތީގައި ސޯލާ ހަރުކުރަނީ
އެސްޓީއޯ
ހަކަތައިގެ ސިޔާސަތު
ދިވެހިރާއްޖޭގެ ހަކަތައިގެ ސިޔާސަތުތަކާއި އިސްތިރާޖީތައް އިފްތިތާޙުކޮށްފި
ހަކަތައިގެ އިސްތިރާޖީތައް 2024–2029 ބިނާކޮށްފައިވަނީ މައިގަނޑު ފަސް ސިޔާސަތެއްގެ މައްޗަށް

ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާ ކުރިއަރުވާ ތަރައްގީކުރުމަށް އެކުލަވާލާފައިވާ "ދިވެހިރާއްޖޭގެ ހަކަތައިގެ ސިޔާސަތުތަކާއި އިސްތިރާޖީތައް 2024–2029" އިފްތިތާހުކޮށްފިއެވެ.

ހަކަތައިގެ ސިޔާސަތުތަކާއި އިސްތިރާޖީތައް 2024–2029 އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ތާރިގު އިބަރާހީމެވެ.

ހަކަތައިގެ ސިޔާސަތާއި އިސްތިރާޖީ އަމާޒު ހިފާފައިވަނީ ދިވެހިރާއްޖޭގެ އިއްޒަތްތެރި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކޮޕް-28 ގެ ވައުދުފުޅާ އެއްގޮތަށް އިމްޕޯޓު ކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ހަކަތައިގެ މިންވަރު އިތުރުކުރުމަށެވެ.

ހަކަތައިގެ އިސްތިރާޖީތައް 2024–2029 ބިނާކޮށްފައިވަނީ މައިގަނޑު ފަސް ސިޔާސަތެއްގެ މައްޗަށެވެ.

Advertisement

މީގެ ތެރޭގައި ހިމެނޭ އިރުގެ އަތްވާއި އަލީގެ ޓެކްނޯލޮޖީގެ އިތުރުން، ވަޔާއި ކަނޑުގެ އޮޔާއި ރާޅުން އަދި ދިޔަވަރުން ހަކަތަ އުފެއްދިދާނެ ގޮތްތައް ހޯދާ އަޖުމަބަލައި ތަރައްޤީކުރުމަކީވެސް ހަކަތައިގެ ސިޔާސަތުގެ ވަރަށް ބޮޑު އަމާޒެކެވެ. އަދި ހަކަތައިގެ ދާއިރާއަށް އަންނަމުންދާ އައު ޓެކްނޮލޯޖީ ދިވެހިރާއްޖެއަށް ތަޢާރަފުކޮށް އިންސާނީ ވަސީލަތް ބިނާކޮށް ކުރިއެރުވުމަކީވެސް ހަކަތައިގެ ސިޔާސަތުގައި އިސްކަމެއް ދީފައިވާ ކަމެކެވެ.

މީގެ އިތުރުން ހަކަތަ ސަމަކާރަކުރުމަށާއި އިސްރާފު ކުޑަކުރުމަށް ކުރަންޖެހޭ އިތުރުކަންކަން ތަޢާރަފުކޮށް ރައްޔިތުން އެކަމަށް އަހުލުވެރި ކުރުވުމަކީވެސް ހަކަތައިގެ ސިޔާސަތުގައި ހިމަނާފައިވާ ކަމެކެވެ. އަދި ހަކަތައިގެ ދާއިރާ ވަރަށް ޝާމިލު ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި އެއްގަމާއި ކަނޑުގެ ދަތުރުފަތުރުތެރެއަށް އިއާދަކުރަނިވި ހަކަތަ ތައާރަފުކުރުމަކީވެސް ހަކަތައިގެ ސިޔާސަތުގައި ހާއްސަކަމެއް ދީފައިވާ ކަމެކެވެ.

ފަހު ސިޔާސަތަކީ ހަކަތައިގެ ދާއިރާގައި ހިމެނޭ ތަންފީޒީ އިދާރާތަކާއި ހަކަތައިގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ބޭނުންވާ ގާނޫނާއި ގަވާއިދުތައް ހަރުދަނާކުރުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް