ކ. މާލެ
|
18 ސެޕްޓެންބަރ 2024 | ބުދަ 15:06
މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ރޮޑްރީ
މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ރޮޑްރީ
ގޫގުލް
ފުޓްބޯޅަ
މިވަރުން ދާނަމަ ފީފާއާ ދެކޮޅަށް ކުޅުންތެރިން މުޒާހަރާ ފަށާނެ: ރޮޑްރީ
ރޮޑްރީ ވަނީ ހުސްވި އަހަރު ގައުމީ ޓީމާއި ކުލަބަށް 63 މެޗު ކުޅެދީފަ އެވެ. ކުލަބު ވޯލްޑްކަޕާއި ޗެމްޕިއަންސް ލީގުގެ މެޗުތައް އިތުރުކުރުމުން އޭނާ އަށް މިއަށްވުރެ މާގިނަ މެޗުތައް މި ސީޒަނުގައި ކުޅެން ޖެހޭނެ އެވެ

ކުޅެން ޖެހޭ މެޗުތަކުގެ އަދަދު އިތުރުވެ، އަރާމު ކުރަން ލިބޭ ވަގުތު ދުވަހެއް ދުވަހަކަށް މަދުވަމުންދާތީވެ ކުޅުންތެރިން "ފީފާ" އާ ދެކޮޅަށް މުޒާހަރާ ކުރުން ގާތް ވެއްޖެކަމަށް މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ރޮޑްރީ ބުނެފި އެވެ.

ސްޕޭނަށް ޔޫރޯ ކާމިޔާބުކޮށްދިން އަދި އެ މުބާރާތުގެ މޮޅު ކުޅުންތެރިން މިހެން ބުނީ މެޗުތަކުގެ އަދަދު އިތުރުކޮށްގެން ފެށި ޗެމްޕިއަންސް ލީގުގައި ސިޓީ ކުޅެން ޖެހޭ ފުރަތަމަ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. ރޮޑްރީ ވަނީ ހުސްވި އަހަރު ގައުމީ ޓީމާއި ކުލަބަށް 63 މެޗު ކުޅެދީފަ އެވެ. ކުލަބު ވޯލްޑްކަޕާއި ޗެމްޕިއަންސް ލީގުގެ މެޗުތައް އިތުރުކުރުމުން އޭނާ އަށް މިއަށްވުރެ މާގިނަ މެޗުތައް މި ސީޒަނުގައި ކުޅެން ޖެހޭނެ އެވެ.

މިކަމާ ގުޅިގެން ކުޅުންތެރިން މުޒާހަރާކޮށްފާނެތޯ އެހުމުން ރޮޑްރީ ބުނީ އެކަން ވެދާނެ ކަމަށެވެ.

"އަހަރެންނަށް ހީވަނީ އަހަރުމެން މި ތިބީ އެކަމަށް ވަރަށް ގާތުގައިހެން. މިއީ އެންމެނަށް ވެސް ފެންނަން އޮތް ކަމެއް. ކޮންމެ ކުޅުންތެރިއަކު ވެސް މިހެން ބުނާނެ. މިއީ ރޮޑްރީ ނޫނީ ދެން ހުރި މީހާ އެކަނި ބުނާ ވާހަކައެއްނޫން. އަހަރެންނަށް ހީވަނީ ކުޅުންތެރިންގެ އަޑު ނާހައި މިގޮތަށްދާނަމަ ކޮންމެވެސް ހިސާބަކުން މިކަމާ ދެކޮޅަށް ތެދުވާނެހެން،"
ރޮޑްރީ

އޭނާ ބުނީ ފީފާއިން ކަލަންޑަރަށް ގެނައި ބަދަލުތަކާއެކު މި އަހަރު 70 ނޫނީ 80 މެޗު ވެސް ކުޅެން ޖެހިދާނެ ކަމަށެވެ. ނަމަވެސް މިއީ ކުޅުންތެރިންނަށް ކެތްވާވަރުގެ ކަމަށް ނުވާނެ ކަމަށެވެ.

ރޮޑްރީގެ ކުރިން މެންޗެސްޓާ ސިޓީގެ ބެލްޖިއަމް ކެޕްޓަން ކެވިން ޑެބްރޫނާ އާއި ޕޯޗުގަލްގެ ޑޭވިޑް ސިލްވާ އާއި ލިވަޕޫލާއި ނެދަލޭންޑްސްގެ ކެޕްޓަން ވާޖިލް ވެންޑައިކާއި ބްރެޒިލްގެ ގައުމީ ކީޕަރު އަލިސަން ބެކާ ވެސް ވަނީ މި ކަމާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ. އަދި މަޝްހޫރި ކޯޗުން ވެސް ވަނީ މެޗުތަކުގެ އަދަދު އިތުރުވުމާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް