ކ. މާލެ
|
18 ސެޕްޓެންބަރ 2024 | ބުދަ 11:54
މެޗުގައި ލަނޑު ޖެހުމަށްފަހު އެމްބާޕޭ އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އެމްބާޕޭ އުފާ ފާޅު ކުރަނީ
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
ޗެމްޕިއަން ރެއާލް ވެސް ފެށީ މޮޅަކުން
ރެއާލްގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-1ންނެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ސްޓަޓްގާޓާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޗެމްޕިއަން ރެއާލް މެޑްރިޑުން މޮޅަކާ އެކު މުބާރާތް ފަށައިފި އެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-1ންނެވެ. މެޗުގައި ދެ ޓީމުގެ ލަނޑުތައް ވެސް ފެނުނީ ދެ ވަނަ ހާފުގަ އެވެ.

ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ރެއާލަށް ލީޑު ނަގައިދިނީ ފްރާންސްގެ ކީލިއަން އެމްބާޕޭ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ރޮޑްރީގޯ އެވެ. އޭގެ ފަހުން މެޗުގެ 68 ވަނަ މިނެޓުގައި ސްޓަޓްގާޓުން ވަނީ ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެއީ ޑެނިސް އުންޑާވް ޖެހި ލަނޑުންނެވެ.

ނަމަވެސް، މެޗުގެ 83 ވަނަ މިނެޓުގައި ދެ ވަނަ ފަހަރަށް ރެއާލަށް ކުރި ހޯދައިދިނީ އެންޓޯނިއޯ ރޫޑިގާ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ލޫކް މޮޑްރިޗް އެވެ. މެޗުގައި ރެއާލްގެ ތިން ވަނަ ލަނޑު، ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޖެހީ އެންޑްރިކް އެވެ.

މިއީ އައު ފޯމެޓުގެ ދަށުން ޗެމްޕިއަންސް ލީގު ކުޅޭ ފުރަތަމަ ފަހަރެވެ. މީގެ ކުރިން 32 ޓީމު ގުރޫޕުތަކަށް ބަހާލައިގެން ކުޅެމުން އައި އުސޫލުގެ ބަދަލުގައި، މިހާރު ކުޅެމުން ދަނީ 36 ޓީމާ އެކު ރޭންކު ކުރެވޭ ލީގު އުސޫލެއްގެ ދަށުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް