ކ. މާލެ
|
18 ސެޕްޓެންބަރ 2024 | ބުދަ 00:52
މާފަންނުގައި ހުރި ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރި ވަނީ
މާފަންނުގައި ހުރި ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރި ވަނީ
އެމްވީކްރައިސިސް
މަރުވެފަ އޮތް މީހެއް ފެނުން
މާފަންނު ގެއެއްގައި 57 އަހަރުގެ ފިރިހެނެއް މަރުވެފައި އޮތްވާ ފެނިއްޖެ
މަރުވެފައިވަނީ 57 އަހަރުގެ ދިވެހި ފިރިހެނެއް

މާފަންނު ސަރަޙައްދުގެ ގެއެއްގައި 57 އަހަރުގެ ދިވެހި ފިރިހެނެއް މަރުވެފައި އޮތްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ މާފަންނުގެ އެއްގެ 3 ވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގައި 57 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައި އޮތް ކަމަށް މިރޭ 23:33 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އަދި އެކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާ ކަމަށެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

- ކޮމެންޓް