ކ. މާލެ
|
17 ސެޕްޓެންބަރ 2024 | އަންގާރަ 19:19
ދިރާގު އަހަރީ ދުވަހާއި ގުޅިގެން ހަދިޔާކުރާ ސްޕީޑްބޯޓް
ދިރާގު އަހަރީ ދުވަހާއި ގުޅިގެން ހަދިޔާކުރާ ސްޕީޑްބޯޓް
ދިރާގު
ދިރާގު އަހަރީ ދުވަސް
ދިރާގު އަހަރީ ދުވަހާއި ގުޅިގެން ސްޕީޑް ލޯންޗެއް ދެނީ
އަލް ޝާލީ މެރިން މަޖެލަން 32 ސްޕީޑްބޯޓާއެކު ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކަށް ޔަމަހާއިން މި ލޯންޗަށް ބޭނުންވާ 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް އިންޖީނު ވެސް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ފާހަގަކުރާ އެ ކުންފުނީގެ އަހަރީ ދުވަހާއި ގުޅިގެން ސްޕީޑް ބޯޓެއް ދޭ ޕްރޮމޯޝަންއެއް ފަށައިފިއެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޕޯސްޓްޕެއިޑް، ޕްރީޕެއިޑް ނުވަތަ ފައިބަރ ބްރޯޑްބޭންޑަށް ސަބްސްކްރައިބްކޮށް، ސްޕީޑް ލޯންޗް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މި ފުރުސަތު ލިބޭނީ ދިރާގު ޕޯސްޓްޕެއިޑް 400 ޕްލޭން އަދި އެއަށްވުރެ މަތީ ޕްލޭންތަކުގެ ކަސްޓަމަރުންނަށާއި، ފާއިތުވި 30 ދުވަހުގެ ތެރޭގައި 400 ރުފިޔާ ނުވަތަ އެއަށްވުރެ ގިނަ އަދަދަކުން ރީޗާޖްކޮށްފައިވާ ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށާއި، ފައިބަރ ބްރޯޑްބޭންޑް 30އެމް ޕްލޭން ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކުގެ ކަސްޓަމަރުންނަށެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމަށް، އެހެން ޕްލޭންތަކުގައި ތިބި ކަސްޓަމަރުންނާއި ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް އެމީހުންގެ ޕްލޭން އަޕްގްރޭޑް ކުރެވިދާނެއެވެ.

މި ޕްރޮމޯޝަނަށް ޝަރުތުހަމަވާ ކަސްޓަމަރުންނަށް ޕްރޮމޯޝަނުގައި ބައިވެރިވުމަށް "ވިން އަ ސްޕީޑްބޯޓް" ޕޯޓަލްއިން އެންރޯލްކުރެވޭނެ އެވެ.

މީގެ އިތުރުން މަހުން މަހަށް ގިނަގުނަ އިނާމުތަކެއްވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިހާރުން މިހާރަށް ބައިވެރިވެ 'ސްޕީޑްބޯޓެއް ކާމިޔާބުކުރުމުގެ' ނުވަތަ ދިރާގުގެ މަހުން މަހަށް ދެވޭ ހާއްސަ އިނާމުތަކުގެ ތެރެއިން އެއްޗެއް ކާމިޔާބުކުރުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މި އިނާމުތަކުގެ ތެރޭގައި ގޯ ޕްރޯ ހީރޯ 12، ސުންޓޯ ޑީ5 ގަޑި، ޑީޖޭއައި މިނީ 2 އެސްއީ ފްލައި މޯ ކޮމްބޯ، އަދި މަސްވެރިކަމުގެ ސާމާނުގެ ސެޓެއް ހިމެނެއެވެ. 'ސްޕީޑްބޯޓެއް ކާމިޔާބުކުރުމުގެ' ޕްރޮމޯޝަނުގެ ލަކީ ޑްރޯގައި ބައިވެރިވާ ހުރިހާ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުން އަމިއްލަވަންތަކޮށް މި އިނާމުތަކަށް ވެސް ބައިވެރިކުރެވޭނެއެވެ.

އައު ކަސްޓަމަރުން މި ޕްރޮމޯޝަންގައި ބައިވެރިވުމަށް، ދިރާގު ޕޯސްޓްޕެއިޑް 400 ޕްލޭނަކަށް ސަބްސްކްރައިބްކުރުން، ދިރާގު ޕްރީޕެއިޑް އެކައުންޓަކަށް 400 ރުފިޔާ ނުވަތަ އެއަށްވުރެ ގިނަ އަދަދަކަށް ރީޗާޖްކުރުން، ނުވަތަ ފައިބަރ ބްރޯޑްބޭންޑް 30އެމް ޕްލޭން ނުވަތަ އެއަށްވުރެ މަތީ ޕްލޭނަކަށް ސަބްސްކްރައިބްކުރެވިދާނެއެވެ.

މި ސްޕީޑު ބޯޓަކީ 12 މީހުންގެ ޖާގައިގެ، 32 ފޫޓުގެ ލޯންޗެކެވެ. ކެބިންއަކާ އެކު ފަރުމާކޮށްފައިވާ މި ލޯންޗުގައި ޕްރައިވެސީއަށް ބޮޑުކޮށް ފާހަނާއެއް ހުރެ އެވެ. އަދި ސޭންޑުވިޗު ފަދަ ލުއި ކާނާ އާއި ކޮފީ ހަދާނެ ޖާގައެއް ވެސް ހިމެނެ އެވެ.

އަލް ޝާލީ މެރިން މަޖެލަން 32 ސްޕީޑްބޯޓާއެކު ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކަށް ޔަމަހާއިން މި ލޯންޗަށް ބޭނުންވާ 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް އިންޖީނު ވެސް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް