Advertisement
ކ. މާލެ
|
17 ސެޕްޓެންބަރ 2024 | އަންގާރަ 11:21
 މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޢަފޫރު މޫސާ
މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޢަފޫރު މޫސާ
ރައްޔިތުންގެ މަޖިލިސް
ޕީޖީގެ މަޤާމު
އެއްވެސް ޕީޖީއަކަށް ދައުރު ފުރިހަމަ ކުރެވިފައި ނުވަނީ ސަރުކާރުތަކުގެ ސަބަބުން: މެމްބަރު ޣަފޫރު
މިހާތަނަށްވެސް އެ މަޤާމަށް އައިސްފައިވަނީ ތައުލީމީ ޤާބިލު ބޭފުޅުންކަމަށް ޣަފޫރު ވިދާޅުވި
ސަރުކާރުތަކުން ބޭނުންވާ ގޮތަކަށް ކަންކަން ނުކުރުމުން އެހިސާބުން ގޯސްވަނީ ޕީޖީގެ މަޤާމުގައި ހުންނަ ބޭފުޅެއް

އެއްވެސް ޕީޖީއަކަށް ދައުރު ފުރިހަމަ ކުރެވިފައި ނުވަނީ ވޭތުވެ ދިޔަ އެކި ސަރުކާރުތަކުގެ ސަބަބުންކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ މަޖިލިސް ޖަލްސާގައި ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ، އެއްވެސް ޕީޖީއަކަށް ދައުރު ފުރިހަމަ ކުރެވިފައި ނުވަނީ ވޭތުވެ ދިޔަ އެކި ސަރުކާރުތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން މިހާތަނަށްވެސް އެ މަޤާމަށް އައިސްފައިވަނީ ތައުލީމީ ޤާބިލު ބޭފުޅުންކަމަށް ޣަފޫރު ވިދާޅުވިއެވެ.

Advertisement

މެމްބަރު ވިދާޅުވީ، ސަރުކާރުތަކުން ބޭނުންވާ ގޮތަކަށް ކަންކަން ނުކުރުމުން އެހިސާބުން ގޯސްވަނީ ޕީޖީގެ މަޤާމުގައި ހުންނަ ބޭފުޅެއް ކަމަށެވެ. އެއީ އެކަން ހިނގަންޖެހޭ މަގެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް އައްޔަނު ކޮށްފައިވާ ހުރިހާ ޕްރޮސެކިއުޓަރ ޖެނެރަލުންނަކީވެސް ކަމަށް ޤާބިލު، ކަމުގެ ތަޖުރިބާ ހުރި، އަދި އެ ރޮނގުން ތައުލީމާ ހުނަރު ލިބިގެންވާ ބޭފުޅުން
ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ

އޭގެ އިތުރުން، ޝަރުއީ ނިޒާމު ރަނގަޅު ކުރުމަށްޓަކައި ފުރަތަމަ ކުރަންޖެހޭ ކަމަކީ ސަރުކާރުތަކުގެ އިތުބާރު ޕީޖީގެ މައްޗަށް އޮތުން ކަމަށާއި، ކޮންމެ ސަރުކާރެއްގައިވެސް އެ އިތުބާރު ގެއްލިގެންދާ ކަމަށެވެ. އެހިސާބުން ޝަރުއީ ނިޒާމަށް ރައްޔިތުންގެ އިތުބާރުވެސް ގެއްލިގެންދާކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.

އަލަށް އައްޔަނު ކުރެވޭ ޕީޖީއަކީވެސް ވަކި ފަރާތަކަށް ނުޖެހި، ޤާނޫނީ ޒިންމާ އަދާކުރައްވާ ފަރާތަކަށް ވާނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް