Advertisement
ކ. މާލެ
|
17 ސެޕްޓެންބަރ 2024 | އަންގާރަ 10:57
ބަންގްލަދޭޝް މީހަކު އަތުން މޯބައިލް ފޯނަކާއި ފައިސާ ފޭރިގަތް މައްސަލައެއްގައި ހައްޔަރުކުރި މުޙައްމަދު ނަވީން
ބަންގްލަދޭޝް މީހަކު އަތުން މޯބައިލް ފޯނަކާއި ފައިސާ ފޭރިގަތް މައްސަލައެއްގައި ހައްޔަރުކުރި މުޙައްމަދު ނަވީން
ޕޮލިސް
ފޭރުމުގެ މައްސަލަ
މާލޭގައި ބިދޭސީން ދިރިއުޅޭ ތަނަކަށް އިމިގްރޭޝަން އޮފިސަރުންގެ ގޮތުގައި ވަދެ ފޭރިގަތުމުގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
ބަންގްލަދޭޝް މީހަކު އަތުން މޯބައިލް ފޯނަކާއި 9000 ރުފިޔާ ވަނީ ފޭރިގެންފައި
ހައްޔަރުކޮށްފައިވަނީ އުމުރުން 44 އަހަރުގެ މުޙައްމަދު ނަވީން ކިޔާ މީހެއް

މާލޭގައި ބިދޭސީން ދިރިއުޅޭ ތަނަކަށް އިމިގްރޭޝަން އޮފިސަރުންގެ ނަމުގައި 3 މީހަކު ވަދެ، ބަންގްލަދޭޝް މީހަކު އަތުން މޯބައިލް ފޯނަކާއި 9000 ރުފިޔާ ފޭރިގަތް މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނާ ގޮތުގައި މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައެވެ. މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މާލެ / ގ. ބެރުގެ، މުޙައްމަދު ނަވީން (44 އަހަރު) ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

މި ހާދިސާ ހިނގާފައިވަނީ، ގަވައިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރަމުންދާ ބިދޭސީން ޑިޕޯޓުކުރުމާއި، ބިދޭސީން ދިރިއުޅޭ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް އިމިގްރޭޝަނާއި ކަމާ ގުޅުންހުރި މުއައްސަސާތަކުން ކުރަމުންދާ ދަނޑިވަޅެއްގައެވެ.

Advertisement

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރިޕޯޓް ކުރުމަށް އޮންލައިން ޕްލެޓްފޯމް "އިމިގްރޭޝަން ވޮޗް" އެއް ލޯންޗު ކޮށްފައިވަނީ ޖުލައި 17 ގައެވެ. އާއްމުންނަށް ރިޕޯޓު ކުރެވޭގޮތަށް ހުޅުވާލި އިމިގްރޭޝަން ވޮޗް ޕްލެޓްފޯމާއެކު އޮޕަރޭޝަންތައް ކުރިއަށް ދާއިރު، ކުރިއަށް އޮތްތަނުގައި އިތުރަށް މި މަސައްކަތް ފުޅާވެގެންދާނެ ކަމަށް އިމިގްރޭޝަނުން ކުރިން ބުނެފައި ވެއެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ހޯމް މިނިސްޓްރީ، ފުލުހުން އަދި އިމިގްރޭޝަން ގުޅިގެން ދަނީ ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް