ކ. މާލެ
|
16 ސެޕްޓެންބަރ 2024 | ހޯމަ 10:18
މެޗުގައި ލަނޑު ޖެހުމަށްފަހު ބާާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ބާާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ގޯލް.ކޮމް
ސްޕެނިޝް ލީގު
ފަސް ވަނަ މެޗުން ވެސް ބާސެލޯނާ މޮޅުވެއްޖެ
މޮޅާއެކު ބާސެލޯނާ އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް މޮޅުވެ، 15 ޕޮއިންޓު ހޯދައިގެންނެވެ.

ސްޕެނިޝް ލީގުގައި ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބާސެލޯނާ އިން އެ ޓީމުގެ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި އެވެ.

ޖިރޯނާގެ އަމިއްލަ ދަނޑުގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 4-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑުތައް ޖެހީ މެޗުގެ ފަހު ހާފުގަ އެވެ.

މެޗު ފަށައިގެން 30 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް އެވެ. އޭގެ ހަތް މިނެޓު ފަހުން ޔަމާލް ވަނީ ބާސެލޯނާގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު އޭނާ ޖެހީ ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ބާސެލޯނާގެ ތިން ވަނަ ލަނޑު ޖެހީ ޑެނީ އޮލްމޯ އެވެ. އެއީ ޖޫލްސް ކޫންޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. މެޗުގައި ބާސެލޯނާގެ ހަތަރު ވަނަ ލަނޑު ޖެހީ ޕެޑްރީ އެވެ. މެޗުގެ 64 ވަނަ މިނެޓުގައި އޭނާ އެ ލަނޑު ޖެހީ މާކް ކަސަޑޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގައި ޖިރޯނާގެ ހަމައެކަނި ލަނޑު 80 ވަނަ މިނެޓުގައި ޖެހީ ކްރިސްޓިއާން ސްޓުއާނީ އެވެ.

މޮޅާއެކު ބާސެލޯނާ އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް މޮޅުވެ، 15 ޕޮއިންޓު ހޯދައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް