Advertisement
ކ. މާލެ
|
16 ސެޕްޓެންބަރ 2024 | ހޯމަ 09:14
މި މައްސަލައިގައި ދައުވާ އުފުލާފައިވާ އަޙްމަދު މައިސާން ހާޝިމް
މި މައްސަލައިގައި ދައުވާ އުފުލާފައިވާ އަޙްމަދު މައިސާން ހާޝިމް
ރާއްޖެއެމްވީ
ޝަމީމަށް ޙަމަލާދިން މައްސަލަ
ޝަމީމަށް ޙަމަލާދިން މައްސަލަ: ދައުވާއަށް ޖަވާބުދާރީވުން ދެން އޮންނަ އަޑުއެހުމެއްގައި
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އިޙްސާން
ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލަން އުޅުމުގެ ދައުވާ ވަނީ އުފުލާފައި

ޕްރޮސެކިއުޓަރ ޖެނެރަލް ކަމުގެ މަޤާމުގައި ކުރިން ހުންނެވި ހުސައިން ޝަމީމަށް ހަމަލާދިން މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ޕީޖީ ހުސައިން ޝަމީމަށް ހަމަލާދިން މައްސަލައާއި ގުޅިގެން ހައްޔަރުކުރި7 މީހުންގެމައްސަލަ ތަހުގީގު ނިމި އޮގަސްޓު 22 ވަނަ ދުވަހު ދައުވާތައް ވަނީ ކޯޓަށް ހުށަހަޅާފައެވެ. އެމީހުންގެ މައްޗަށް ގަސްތުގައި މީހަކު މަރާލަން އުޅުމުގެ ދައުވާ ވަނީ އުފުލާފައެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ. އެ ދުވަހުގެ އަޑުއެހުމުގައި ދައުވާލިބޭ ފަރާތްތަކަށް ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު ގާޒީ ވަނީ ދެއްވާފައެވެ.

އެ ދުވަހު އިދާރީ އޮޅުމެއްގެ ސަބަބުން އަޙްމަދު މައިސާން ހާޝިމްގެ ބައި ކުރިއަށް ގެންދެވިފައިނުވާތީ ހޯމަ ދުވަހު ކުރިއަށް ދިޔައީ އެ ބައެވެ. މި މައްސަލައިގައި މައިސާންގެ މައްޗަށް އުފުލާފައިވަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލަން އުޅުމުގެ ދައުވާއެވެ.

Advertisement

ހޯމަ ދުވަހުގެ އަޑުއެހުމުގައި މައިސާންގެ ދިފާއީ ވަކީލު ވިދާޅުވީ، އޭނާއަކީ މި މައްސަލައިގެ ދެން ތިބި މީހުންގެވެސް ދިފާއީ ވަކީލު ކަމަށާއި، މައްސަލައިގެ ލިއެކިއުންތައް އަދި ލިބިފައިނުވާކަމަށެވެ. އެހެންކަމުން ގާޒީ ވަނީ ކޯޓަށް ވަޑައިގެން ލިއެކިއުންތައް ގެންދިއުމަށް ދަންނަވާފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އިޙްސާންއެވެ.

ދައުލަތުން އެ 7 މީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެމީހުން ޝަމީމަށް ހަމަލާދިނުމަށް ރާވައި، 31 ޖަނަވަރީ 2024 ދުވަހުގެ ހެދުނު 7:42 އެހައިކަށްހައިއިރު، ކ. މާލެ، ނޫރު މިސްކިތް ކައިރީ މަގުމަތީގައި ޙުސައިން ޝަމީމު ހުއްޓައި، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޙުސައިން ޝަމީމުގެ ބޮލަށް ހަމަލާދިނުމަށް މަސައްކަތްކޮށް، ޙުސައިން ޝަމީމުއާ މެދު މާރާމާރީ ހިންގައި، ޙުސައިން ޝަމީމުގެ އަތުގެ މުލައްދަނޑި ޒަހަމްކޮށްލާފައިވާތީއާއި، މި ހަމާދިން އިރު، ހަމަލާދީ ނިމެންދެން އޭގެ ތެރެއިން ބައެއް މީހުން ކާރެއްގައި އެތަނުގައި މަޑުކޮށްގެން އިނދެފައިވާތީއާއި، ހަމަލާދީ ނިމުމުން، ހަމަލާދިން މީހުންނާއެކު އެސަރަހައްދުން ގޮސްފައިވާތީއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް