Advertisement
ކ. މާލެ
|
14 ސެޕްޓެންބަރ 2024 | ހޮނިހިރު 17:39
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާތަން ދައްކައިދޭ ގްރެފިކް ފޮޓޯއެއް
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާތަން ދައްކައިދޭ ގްރެފިކް ފޮޓޯއެއް
ގޫގުލް
ނުކުޅެދޭ މީހަކަށް ޖިންސީ ގޯނާކުރުން
ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 57 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ތުހުމަތުކުރެވެނީ 57 އަހަރުގެ ދިވެހި ފިރިހެނަކަށް
އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފަ

ދެކުނުގެ ރަށެއްގައި ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި 57 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2024 އޭޕްރިލް 14 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފައިވަނީ ސެޕްޓެމްބަރ 11 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

Advertisement

ތުހުމަތުކުރެވޭ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ސެޕްޓެމްބަރ 12 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ޖިންސީ އަނިޔާ ލިބުނު މީހާ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ވާތީ، ޤާނޫނުގައިވާ ގޮތުގެ މަތިން މި މައްސަލަ ފުލުހުން ތަޙުޤީޤު ކުރަމުން ދަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ގޮތުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް