Advertisement
ކ. މާލެ
|
14 ސެޕްޓެންބަރ 2024 | ހޮނިހިރު 13:12
ރައީސް މުއިއްޒު އިންޑިއާގެ ބޮޑު ވަޒީރު މޯދީ އާ ބައްދަލުކުރެއްވުމުގެ ތެރެއިން
ރައީސް މުއިއްޒު އިންޑިއާގެ ބޮޑު ވަޒީރު މޯދީ އާ ބައްދަލުކުރެއްވުމުގެ ތެރެއިން
ޓްވިޓަރ
ރާއްޖޭގެ އިޤްތިސާދު
ރާއްޖެއަށް އެހީވުމަށް އިންޑިއާގެ ސަރުކާރު އޮތީ ތައްޔާރަށް: އިންޑިއާގެ ނޫސްތައް
ރާއްޖޭގެ ސްކޫކް ޑިފޯލްޓްވާން ކައިރިވެފައިވާ މި ދަނޑިވަޅުގައި އިންޑިއާއިން ވަނީ އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރުވެފައި
ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގެ ތެރެއިން މި މަޝްވަރާރައް ކުރައްވާނެކަމަށް މިހާރު ވަނީ ބެލެވިފައި

ރާއްޖެއަށް މާލީ ގޮތުން ކުރިމަތިވެފައިވާ އަޑިގުޑަންތަކުން އަރައިގަތުމަށް އަވައްޓެރި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އޮތްކަަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކޮށްފިއެވެ.

އެކަމުގެ މައުލޫމާތު އެނގޭ ފަރާތްތަކާ ޙަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ރާއްޖޭގެ ސްކޫކް ޑިފޯލްޓްވާން ކައިރިވެފައިވާ މި ދަނޑިވަޅުގައި އިންޑިއާއިން ވަނީ އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރުވެފައެވެ.

ރާއްޖެ ދަރަނިވެރި ވެދާނެ ކަމުގެ ބިރަށް ދިވެހި ރާއްޖޭގެ ސްކޫކް ބޮންޑަށް އިންވެސްޓް ކުރި ފަރާތްތަކުން ހާސްވެ، ވީ ގޮތަކުން އަވަހަށް ބޮންޑް ވިއްކާލަން އުޅޭ ފަރާތްތައް ފާއިތުވި ދެތިން ހަފްތާގައި ވަރަށް ބޮޑަށް އިތުރުވެފައިވާކަމުގެ އަޑުތައްވެސް ވަނީ ގަދަވެފައެވެ.

އެމެރިކާ ޑޮލަރުން މައިގަނޑު ގޮތެއްގައި މުއާމަލާތްތައް ހިނގާ ރާއްޖޭގެ ސްކޫކް ނުވަތަ އިސްލާމިކް ބޮންޑްގެ އަގު މިފަހުން ވަނީ ޑޮލަރަކަށް 70 ސެންޓަށްވުރެވެސް ދަށަށް ގޮސްފައެވެ.

Advertisement

މިއީ މިހާތަނަށް ރެކޯޑު މިންވަރަކަށް ދަށް އަގެއް ކަމަށް ބްލޫމްބާގް އިން ބުނެއެވެ.

ބޮންޑުގެ އަގު މި މަހުގެ ތެރޭގައި ވެއްޓިފައިވާ މިންވަރަށް ބަލާއިރު، ބްލޫމްބާގް އިން ބުނެފައިވަނީ ރާއްޖޭގެ ސްކޫކް ވެފައިވަނީ "ބްލޫމްބާގް އީ.އެމް ސޮވްރިން ޓޯޓަލް ރިޓާން އިންޑެކްސްގައި" އެންމެ ދަށްކޮށް ޕާފޯމް ކުރާ ބޮންޑް ކަމުގައެވެ.

އިންޑިއާގެ ރިޕޯޓުތައް ބުނާ ގޮތުގައި އިންޑިއާގެ ރިޒަރވް ބޭންކުން ކަރަންސީ ސްވޮޕެއްގެ ތެރެއިން ރާއްޖެއަށް 400 މިލިއަން ޑޮލަރު ލިބިގެން ދިއުމުގެ ފުރުސަތު އެބައޮތެވެ. އަދި އިންޑިއާއިން ދިގު މުއްދަތަށް ދައްކާ ގޮތަށް ލޯނު ދޫކުރާނެކަމަށްވެސް އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ރާއްޖެއަށް މި ދަނޑިވަޅުގައި އެހީތެރިވުމަށް އިންޑިއާ ސަރުކާރުންވެސް މިހާރު އޮތީ ތައްޔާރަށެވެ. އަދި ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގެ ތެރެއިން މި މަޝްވަރާރައް ކުރައްވާނެކަމަށް މިހާރު ވަނީ ބެލެވިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް