Advertisement
ކ. މާލެ
|
12 ސެޕްޓެންބަރ 2024 | ބުރާސްފަތި 16:21
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 -  ބައިނަލްއަޤްވާމީ އޮބްޒާވަރުން ކޯޑިނޭޝަން ސެންޓަރުގެ ކަންކަން އޮބްޒާރވްކުރުމުގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 - ބައިނަލްއަޤްވާމީ އޮބްޒާވަރުން ކޯޑިނޭޝަން ސެންޓަރުގެ ކަންކަން އޮބްޒާރވްކުރުމުގެ ތެރެއިން
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު، ސެޕްޓެމްބަރު 12 ން 23 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައި ކަމަށް ރައީސް އޮފީހުން ބުނޭ

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ބުރާސްފަތި ދުވަހު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން މިކަމާ ގުޅިގެން ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަންގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރަކު ޢައްޔަނު ކުރުމަށް މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާ ކަމަށެވެ.

Advertisement

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު، ސެޕްޓެމްބަރު 12 ން 23 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފަވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށާއި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދުދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 ން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށް އިއުލާންގައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް