Advertisement
ކ. މާލެ
|
10 ސެޕްޓެންބަރ 2024 | އަންގާރަ 22:36
2023 ވަނަ އަހަރު ޒުވާނުންގެ އެވޯޑް ލިބުނު ބައެއް ޒުވާނުން
2023 ވަނަ އަހަރު ޒުވާނުންގެ އެވޯޑް ލިބުނު ބައެއް ޒުވާނުން
ރައީސް އޮފީސް
ޒުވާނުންގެ އެވޯޑަށް އަލުން ހުޅުވާލުން
ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލައިފި
ފުރުސަތު މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 14:00 ހަމައަށް ހުޅުވާލާފައިވާ ކަމަށް ޔޫތް މިނިސްޓްރީން ބުނޭ
ޚަބަރުގެ އޯޑިއޯ

ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.

ތަފާތު 17 ދާއިރާއަކުން ޒުވާނުންގެ އެވޯޑުގެ ދިނުމަށް ކަނޑައަޅާފައި ވާއިރު، އިނާމަށް ނަން ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކުން، ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 14:00 ހަމައަށް ހުޅުވާލާފައިވާ ކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ.

ޒުވާނުންގެ އެވޯޑް ދިނުމަށް ޖަލްސާ ބޭއްވުމަށް ކުރިން ނިންމާފައި އޮތީ މިދިޔަ މަހުގެ 12 ގައެވެ.

Advertisement

މި އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދޭ އިނާމެއް ކަމަށް ޔޫތް މިނިސްޓްރީން ބުނެފައިވެއެވެ.

އެޕްލިކޭޝަން ބަލައިގަތުން ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 14:00ށް ކަމަށާއި ރަށްރަށުން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން މިނިސްޓްރީ އަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ. އަދި ކުރިން އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެ ކަމަށްވެސް ޔޫތް މިނިސްޓްރީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް